ބޭރު ގައުމުތަކުން އީރާނަށް ވަދެ ހަމަނުޖެހުންތައް ހިންގަން އުޅުނު އެންމެން ވަނީ ހައްޔަރުކޮށްފައި ކަމަށާއި، ތެހެރާންގައި މިހާރު ވަނީ ހަމަޖެހުން ގާއިމުކުރެވިފައި ކަމަށް އީރާން ފުލުހުން ހާމަކޮށްފި އެވެ.
އީރާން ފުލުހުން އިތުރަށް ބުނީ، އަދާވާތްތެރިންގެ މަކަރުވެރި ރޭވުންތަކުގައި ނުޖެހުމަށާއި، ދައުލަތާ ދެކޮޅު ހަރަކާތްތައް ގާނޫނީ ތަރަހައިން ބޭރުވާނަމަ ފުރުސަތު ނުދޭނެ ކަމަށެވެ.
ދިފާއީ ބާރުތަކަށް ކަށަވަރުވެފައިވާ ގޮތުގައި ހަޅުތާލުކުރުމަށް ހަތިޔާރާއެކު އުޅުމީހުންނަށް ބޭރު ގައުމުތަކުން ބޮޑެތި އަދަދުތަކުން ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން މަރާލާ ކޮންމެ ފުލުހަކަށް 3،000 ޑޮލަރުގެ ފައިސާގެ އިނާމެއް ފަހްލަވީގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. ހައްޔަރުކުރެވުނު ބައެއް މީހުން ވަނީ އެމީހުންނަށް ލިބުނު ފައިސާގެ ތަފުސީލުތައް ކިޔައިދީފައި ކަމަށާއި، އެއީ މުސްލިމުންގެ އަދާވާތްތެރީން ކަމަށެވެ.
އީރާންގެ ދިފާއީ ބާރުތައް ބަލިކަށިކޮށްލުމަށް ރާވާ ރޭވުންތައް ނާކާމިޔާބު ކޮށްލާނެ ކަމަށާއި، އިސްރާއީލާއި އެމެރިކާއިން ޖަހާ ހިސާބު ދިމާނުވާނެ ކަމަށެވެ. އަދި އީރާން އޮތީ ގިނިކަންޏާ ކަމަށް ވެސް ހީކޮށްގެން ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު