މިއީ ހަލުވިކޮށް ތަރައްޤީގެ މަސައްކަތްތައް ކުރަން ދަންނަ ސަރުކާރެއް ކަމަށާއި، ފްލެޓް ވެސް، ގޯތި ވެސް، ދައުރު ނިމުމުގެ ކުރިން ޙައްޤުވެރިންނާ ހަވާލު ކުރައްވާނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަށް ކުރިމަތިލާން މިއަދު ހުޅުވާލުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވަޒީރު ވިދާޅުވީ ކުރީގެ އެއްވެސް ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއެެއްގެ މަސައްކަތް ނިންމައި ހަވާލުކުރެވިފައި ނުުވާ ކަމަށާއި، ސަރުކާރުން އެކަން ބަދަލުކޮށް ނަތީޖާ ދައްކާނެ ކަމަށެވެ.
ކުރީގެ ސަރުކާރުތަކަށް މި ގޮތަށް މަސައްކަތްތައް ކުރަން ނޭނގުނުކަމަށާއި، އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަން ބަދަލުކޮށް، މި މަސައްކަތްތައް ނިންމައި މީހުންނަށް ދިރިއުޅެވޭވަރު ކުރައްވާނެ ކަމަށެވެ.
މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން މި ދައުރު ތެރޭގައި ގޯތިތައް ދީ ރަޖިސްޓްރީ ހަދައިދީ އިންވަކިކޮށްދީ ގޯތި ހަވާލުކުރާނަން. އަޅުގަނޑުމެން އިއުލާންކުރާ 7،900 ފްލެޓަކީ މިހާތަނަށް ފައިނޭންސް ޔަގީންވެފައިވާ ފްލެޓުތަކުގެ އަދަދު.
ސަރުކާރުން ބިނާކުރާ ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ބީއެމްއެލްއާ ހަވާލުކޮށްގެން ހަދާ 2،000 ފްލެޓާއި، އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ 4،000 ފްލެޓާއި، ސައުދީ ފަންޑާއި އެހެނިހެން ބޭރުގެ އެހީތަކުގައި ކުރިއަށް ގެންދާ ފްލެޓްތަކެވެ.

ކިޔުންތެރިންގެ ހިޔާލު