ވެރިކަންކުރާ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ށ. އަތޮޅުގެ ދަރިއެއް ކަމަށްވާ މޫސާ ފަތުޙީ.

މިލައުތުރު | 20 އޭޕްރީލް 2026 | ސިޔާސީ

ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ށ. އަތޮޅު ކޮމަންޑޫއަށް އުފަން އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް އައްޔަނު ކުރައްވައިފި އެވެ.

އެ ޕާޓީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވަނީ އެކަން އިޢުލާން ކޮށް، އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމުގައި ވެސް ހުންނެވި ފަތުޙީ އަކީ އިދާރީ ހިންގުމުގެ ދާއިރާއިން ނުހަނު ގިނަ ގުނަ ތަޖުރިބާތައް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން ށ. އަތޮޅު އޮފީހުގައި ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރައްވާފައި ވެއެވެ. ފަތުޙީގެ ނަން ވިދާލީ އެދުވަސްވަރުގައި ކަމަށް ގިނަ ބަޔަކު އިއްތިފާޤު ވާނެއެވެ.

މިހާރު މޫސާ ފަތުޙީއަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި ސަރުކާރުގައި ބަސްވިކޭ ވަރަށް އިޚްލާޞްތެރި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.