މިނޫނީ ވެރިކަން ކުރަން ނޭގުނު ވެރިއަކު މިޤައުމުގެ ވެރިކަމަކަށް އަދި ނާރާ ކަމަށް ވެލިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޝިހާބު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމްޕީ އައްބާސް ފާހަގަކުރެވެނީ އަބަދުވެސް އެ ބުނަންޖެހޭ އެއްޗެއް އެއްވެސް ޖެހިލުމެއްނެތި ވިދާޅުވާ މަދު މެންބަރުންގެ ތެރެއިން މެންބަރެއްގެ ގޮތުގައެވެ.
އައްބާސް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، އިންޑިއާ ސަރުކާރުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ލޯނު ނުދެއްކި ރާއްޖެ ބޭންކްރަޕްޓުވާ ހާލަތަށް ދިޔައިމާ ލޯނު ދައްކަން ޝަރުތުކޮށް އިންޑިއާއިން 319 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމުން 400 މިލިއަން ޑޮލަރުގެ ލޯނު ދައްކާފައި ދެން މިބުނަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ލޯނު ދައްކައިފި ކަމަށެވެ. އެކަަމަކު ޙަޤީޤަތަކީ އެ ލޯނު ދައްކަންވެސް ނެގީ ލޯނުކަމެވެ. އެހެންވެ، އަދިވެސް ގިނަ ގިނައިން އިންޑިއާ އައުޓު ގޮވަމުން ދުވާށޭ ބުނެ ޖަހޫ ޖަހާފައި ވެއެވެ.
މި މޭރުމުން އައްބާސް ޕޯސްޓު ކުރެއްވުމުން ގިނަ ބަޔަކު ގެންދަނީ އެކަމަށް ތާއީދުކޮށް ޝުޢޫރު ފާޅުކޮށް ތަޢުރީފު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު