މި ސަރުކާރަށް ދެ އަހަރާއި 6 މަސް ވެގެންދާއިރު ލިބުނީ ދޮގުހެދުމުގެ ނުބައި ނަން ނޫން ދެން ކޮން އެއްޗެއްތޯ އެވެ. ބައެއް މީހުން ދެކޭގޮތުގައި މިއަަށް ވުރެ ގިނައިން ދޮގު ހަދާ ވެރިކަމެއް ޙަޔާތުގައި ވެސް ފެނިފައެއް ނުވެއެވެ.
ބޮޑު ސޯބު ފަދައިން ކުދި ސޯބުތައް ވެސް ދޮގުހަދަން ފަށައިފި އެވެ. އެހެންކަމުން ރައްޔަތުންނަށް ދޮގާ ތެދު ވަކިކުރަން ވެސް އޮޅޭ ވަރު މިހާރު ވެއްޖެ އެވެ. ދިވެހި ތާރީޚުގައި އެންމެ ގިނަ ދޮގުހެދި ރެޖީމްގެ ލަޤަބު މިނޫން އެހެން ބަޔަކަށް ޙައްޤު ވެސް ނުވާނެ އެވެ.
ދަރަންޏެއް ދައްކައިގެން އެކަމުގެ އުފާ ފާޅުކުރާތީ ޙަޤީޤަތް ބަލާއިރު، އެއް ލޯނު ދައްކަނީ އިތުރަށް ދެ ލޯނު ނަގައިގެން ކަހަލައެެވެ. މިވެރިން މުޅިންވެސް ހަދަނީ ބޮޑެތި ބުރުތާނު ވަރުގެ ދޮގުތަކެވެ. އެއް މަހުގެ ބަލަށް ޑިސްކައުންޓެއް ދީފިނަމަ، ޖެހިގެން އަންނަ މަހަކީ ބިރުވެރި މަހަކަށް ވަނީ ވެފައެވެ.
އަނެއްކާ ވެސް ރައްޔިތުންނަށް މިޖެހުނީ މިނޫންގޮތެއް ނުވަތަ ބަދަލަކަށް އެންމެން އަންބާ ކިޔާށެވެ. ސަރުކާރަށް އޮތް އިތުބާރާއި ޔަޤީންކަން ގެއްލިއްޖެ އެވެ. ނުކުރާން ބުނިހާ ކަމެއް ކޮށް ނިންމައިފި އެވެ. ކުރާން ބުނި އެއްވެސް ކަމެއްގެ މަތީން ހަނދުމަ ނެތިއްޖެ އެވެ. ކުރާނެ ކަމެއް ނެތެވެ. ކުއްވެރި އަކީ އަހަންނެވެ.
ކިޔުންތެރިންގެ ހިޔާލު