ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް މުޙައްމަދު މަންސޫރުގެ ސައިކަލުގައި ބަޔަކު ރޯކޮށްލާ ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފި އެވެ.
މި އަމަލު ހިންގާފައިވަނީ މިރޭގެ ވަގުތެއްގައެވެ. ސައިކަލު ޕާކޮށްފައި އޮއްވާ ބަޔަކު ރޯކޮށްލުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. މި މައްސަލައިގެ ތުހުމަކަށް އަދި އެއްވެސް މީހަކު ނުވަތަ ބަޔަކު ހައްޔަރު ކޮށް، ނުވަތަ ސުވާލުކޮށްފައެއް ނުވެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މިކަން ކުރިކަމަށް ޝައްކު ކުރެވެނީ އެ ރަށުގައި އުޅޭ މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށެވެ. މި ފަހަކަށް އައިސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ބައެއް މީހުން ވަނީ ހައްޔަރު ކޮށްފައެވެ.
މަޢުލޫމާތު ލިބޭގޮތުގައި ރޭގައި ވެސް ފުލުހުންގެ ދެ ކުއްޖެއްގެ ސައިކަލުގެ މަޑީގައި ކަޓަރުއަޅާ ވަރަށް ބޮޑަށް ކަފާލާފައި ވެއެވެ. އަދި މިރޭ މިވަނީ ޕޮލިސް އިންޗާޖުގެ ސައިކަލު އަންދާލާފައެވެ. މިއީ މީގެ ކުރިން ފޯކައިދޫގައި ހިނގާފައިވާ ކަމެއް ނޫންކަމުން މިކަމާއި އާންމުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު