ށ. ކޮމަންޑޫގެ މަގުތައް ނަޖިސްވަނީ، މަޖިލިސް މެންބަރު އަދިވެސް ހުވަފެން ބަލަނީ.

މިލައުތުރު | 28 އޭޕްރީލް 2026 | ޚަބަރު

ށ. ކޮމަންޑޫގެ ނަރުދަމާގެ ނިޒާމު ބެދި ޖަންގްޝަންތައް ފުރި ބަންޑުންވެގެން މަގުތައް ނަޖިސްވާން ފަށައިފި އެވެ. މި ޙާލަތުގައި ވެސް ދާއިރާގެ މަޖިލިސް މެންބަރު މަޖިލީހުގައި ބަހެއް ވިދާޅުނުވެ ރައްޔިތުންނަށް ދައްކަނީ އެއާޕޯޓުގެ ހުވަފެން ކަމަށް ބުނެ މީހުން ފާޑިކިޔަން ފަށައިފި އެވެ.

މިކަމާއި ގުޅިގެން ކޮމަންޑޫ އެމްޑީޕީން ވެސް ވަނީ ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރަށާއި، މި ސަރުކާރަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ރަސްމީ ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށްފައި ވެއެވެ.

މިއީ އިނގޭތޯ ކޮމަންޑޫގެ އަދުގެ ހާލަތަކީ، ޖަންގްޝަންތައް ބުލޮކްވެ ނަޖިސް މަގުމައްޗައް ބޭރުވެބޭރުވެ މި ހުންނަނީ. ވެރިކަމައް ދެ އަހަރާ ބައިވިއިރު ކޮމަންޑޫގެ މެންބަރަށް މި ވާހަކަ ނުދެއްކުނު، ހައްލެއް ނުހޯދުނު. އެއާޕޯޓްއޭ ކިޔައިގެން ރައްޔިތުންގެ ލޮލުގަ އަދުންއެޅުއްވުމުގައި.

ކޮމަންޑޫ އެމްޑީޕީން ބުނިގޮތުގައި ނިމިދިޔަ ސަރުކާރުގައި ފެނާއި ނަރުދަމާގެ މަސައްކަތުގެ %87 ވަނީ ނިންމާފައެވެ. ރަށު މެދުގައި ހުރި އިންޖީނުގެ ވަނީ އައު އިންޖީނުގެއެއް އެޅުމަށް ފަހު ބަދަލު ކޮށްފައެވެ. އަދި މަތި ކޮމަންޑޫ މަޝްރޫޢުގައި ބިން ހިއްކުމުގެ މަރުޙަލާ ވަނީ ނިންމާފައެވެ. އެހެންކަމުން ބާކީ ހުރި ކުދި ކުދި ކަންކަން މި ސަރުކާރަށް ނުވެގެން މިއުޅެނީ ކީއްވެތޯ މަޖިލީހުގައި ވަޒީރަކާ ސުވާލު ކޮށްލާނެ މަޖިލިސް މެންބަރަކަށް މިވަނީ ބޭނުންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.