ފޭދޫ ސްކޫލުގެ ލައިބްރަރީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ޝާން މުޙައްމަދު | 29 އޭޕްރީލް 2026 | ޚަބަރު

އައްޑޫސިޓީ ފޭދޫގައި ހުންނަ ފޭދޫ ސްކޫލްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެ ސްކޫލުގެ ލައިބްރަރީ އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ސްކޫލުގައި ދަރިވަރުން ކިޔަވަން ތިބި ގަޑީގައެވެ. މި ހާދިސާ ހިނގުމާއެކު ސްކޫލުން ދަރިވަރުން ވަނީ ބޭރުކޮށްފައެވެ. މި ހާދިސާގައި ދަރިވަރަކަށް އަދި އެއްވެސް މުވައްޒަފަކަށްވެސް ގެއްލުމެއް ނުލިބޭކަމަށް މައުލޫމާތު ލިބެއެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ސްކޫލްގެ ކިޔެވުން މިހާރުވަނީ މެދުކަނޑާލާފައެވެ. އަދި އައްޑޫސިޓީ ކައުންސިލް އިދާރާ އާއި ފޭދޫ އަވަށު އޮފީހާއި ގުޅިގެން ސްކޫލް ސާފުކޮށް އަލުން ބޭނުން ކުރެވޭ ހާލަތަށް ގެނައުމުގެ މަސައްކަތްދަނީ ކުރެވެމުންދާކަން ފާހަގަ ކުރެވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭދޫ ސްކޫލުގައި ހިނގި މި ހާދިސާގައި އަލިފާން ނިއްވާލެވުނީ އެމް.އެން.ޑީ.އެފް ފަޔާރ އެންޑް ރެސްކިއު އާއި ފޭދޫސްކޫލްގެ މުވައްޒަފުންނާއި އަވަށު އޮފީހާއި އާންމުންގެ އެހީތެރިކަމާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.