AI Generated Photo.

ފޯކައިދޫގެ އީދު ކުޅިވަރުތައް ބަލައިލުމަށްޓަކައި ފަތުރުވެރިން އަންނަން ފަށައިފި.

މިލައުތުރު | 19 މޭ 2026 | ޚަބަރު

ށ. ފޯކައިދޫއަށް ފަތުރުވެރިން ޝައުޤުވެރި ކުރުމަށްޓަކައި ފަށާ “ވިޒިޓް ފޯކައިދޫ” ކެމްޕެއިން ބޮޑު އީދާ ދިމާކޮށް ރަސްމީކޮށް އިފްތިތާޙު ކުރުމަށް ތައްޔާރުވަމުން ދާއިރު، މިހާރުވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މިދިޔަ އާދީއްތަ ދުވަހު ވަނީ 11 ވަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. އެމީހުން މިހާރު ގެންދަނީ ފޯކައިދޫގައި ޗުއްޓީ ހޭދަކުރަމުންނެވެ. ބޮޑު އީދުގެ ތެރޭގައި ވެސް އިތުރު ދެ ބެޗެއްގެ ފަތުރުވެރިން ވަނީ ބުކިންގ ހަދާފައެވެ. އެގޮތުން 5 މީހުންގެ ބެޗަކާއި، 9 މީހުންގެ ބެޗެއް ހިމެނެއެވެ. އަދި އީދުގެ ފަހުން ޖޫން މަހުގެ ތެރޭގައި ވެސް އިތުރު 10 މީހުންގެ ބެޗެއް ވަނީ ފޯކައިދޫއަށް ބުކިންގ ހަދާފައެވެ. މި މީހުން ބުކިންގ ހަދާފައިވަނީ ސަންސެޓް ވެލި ގެސްޓްހައުސްގައި ތިބުމަށެވެ.

އަދި މީގެ އިތުރުން 28 މެއި ގައި ފްރެސް ހޯމްސްޓޭއަށް 2 މީހަކު އައުމަށް ހަމަޖެހިފައި ވެއެވެ. އަދި ޖޫން މަހުގެ ތެރޭގައި އިތުރު 4 މީހުން އައުމަށް ވަނީ ބުކިންގ ހަދާފައިކަމަށް ފޯކައިދޫ ޕްރޮމޯޓުކުރާ ފަރާތްކަމަށްވާ ވިޒިޓް ފޯކައިދޫއިން މަޢުލޫމާތު ދެއެވެ.

ފޯކައިދޫއަށް ފަތުރުވެރިން އަންނާތީ ރަށުގެ ކުދި ބޮޑު އެންމެން ވެސް ތިބީ ހިތްހަމަޖެހިފައެވެ. އަދި އީދުގައި އަންނަ ފަތުރުވެރިންނަށް މަރުޙަބާ ކިއުމަށާއި، ރަށުގެ ޘަޤާފީ ކުޅިވަރުތައް ދައްކާލުމަށް ދަނީ ތައްޔާރު ވަމުންނެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ފޯކައިދޫގެ ޒުވާނުންނެވެ. އަދި ރަށު ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ވެސް ލިބޭ ކަމަށް އިންތިޒާމް ކުރާ ފަރާތްތަކުން ޔަޤީންކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.