ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގައި ށ. މިލަންދޫ ރަންއަޑުގެ ވެރިޔާ ޘާނީ ވިދާ ބަބުޅަނީ…

މިލައުތުރު | 15 ޖޫން 2026 | ކުޅިވަރު

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ސީޒަން 7 ގައި ވާދަކުރާ ށ. މިލަންދޫ، އަންނާރުމާގޭ މަރްޔަމް ޘާނީ މުބާރާތުގެ ގަދަ 10 ން ޖާގަ ކަށަވަރު ކޮށްފި އެވެ.

7 ވަނަ ސީޒަން ކާމިޔާބު ކުރާ ފަރާތަކަށް 50,000 ރުފިޔާގެ ފައިސާގެ އިނާމާއި، އުމްރާ ދަތުރަކާއި، އެއްއަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

Advertisement

ޘާނީ ވަނީ ދެ އަހަރު ކުރިން “ވަގުތު” ނޫހުން ދާއިރާއަށް ނުކުތުމަށްފަހު، “ސަންގު ޓީވީ” އާއި “ވޮއިސް” ފަދަ ބޮޑެތި މީޑިއާތަކުގައި މަސައްކަތް ކޮށްފައެވެ. އޭނާއަކީ އެހެންކަމުން ދުވެހީންނަށް އާ މޫނަކަށް ނުވާނެއެވެ. އަދި ސޯޝަލް މީޑިއާގައި މުހިންމު ކޮންޓެންޓްތައް ގެނެސްދޭ ފަރާތެކެވެ. އޭނާ ބޭނުންވަނީ ތިޔަ އެންމެހާ ފަރާތްތަކުގެ އެހީތެރިކަމެވެ. މި މުބާރާތް ކާމިޔާބުކުރުމުގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށްޓަކައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.