ފިރިހެނުންގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑް މެސީ މުގުރާލައިފި.

މިލައުތުރު | 23 ޖޫން 2026 | ކުޅިވަރު

މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗުގައި ދެ ގޯލް ޖަހައި ފިރިހެނުންގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑް މެސީ މުގުރާލައިފި އެވެ.

މެސީ ރެކޯޑް ހެދި ގޯލް ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައެވެ. އަދި ދެވަނަ ގޯލެއް ކާމިޔާބުކުރީ ފަހު ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިއީ މެސީގެ 18 ވަނަ ގޯލެވެ.

Advertisement

މި މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއެއް މެސީގެ އަތުން ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.