މިފަހަރުގެ ވޯލްޑް ކަޕްގައި އޮތީ އައު ރެކޯޑުތައް ހެދުމާއި، ކުރީގެ ރެކޯޑްތައް މުގުރާލުމެވެ. ރެކޯޑް ހެދުމުގައި އެންމެ ކުރީގައި އުޅެނީ އާޖެންޓީނާގެ މެސީ އާއި ޕޯޗުގަލްގެ ރޮނާލްޑޯ އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި އެންމެ ގިނަ ގޯލް ކާމިޔާބުކޮށް ލަނޑުޖެހުމުގެ ރެކޯޑްތައް މެސީ ހަދާފައިވާއިރު، އަނެއްކޮޅުން ލަނޑުނުޖެހުމުގެ ރެކޯޑްތައް ރޮނާލްޑޯ ވަނީ ހަދާފައެވެ. ސެޓް ފީސްތަކުން އެންމެ ރީތި ގޯލްޖެހުމުގެ ރީތިނަން މެސީއަށް ލިބިފައިވާއިރު، ސެޓް ޕީސްތަކުން ގޯލެއް ނުޖެހުނު މީހެއްގެ ރީތިނަން ރޮނާލްޑޯއަށް ވަނީ ލިބިފައެވެ.
ދެ ކުޅުންތެރިންގެ ސަޕޯޓަރުން ތިބީ، އެންމެ މޮޅީ ކާކުކަން ބުނެދިނުމުގެ ޒުވާބުގައެވެ. މެސީގެ ސަޕޯޓަރުންނަށް ރޮނާލްޑޯ އަކީ ބޮޅެކެވެ. އަދި ރޮނާލްޑޯގެ ސަޕޯޓަރުންނަށް މެސީއަކީ ފީފާގެ ގޫބޮޅެކެވެ. މުބާރާތުގެ ފައިނަލް މެޗު ނިމުމުން މުބާރާތް ނިމޭނެއެވެ. އެހެން ނަމަވެސް މި ބަހުސް ނިމޭނެކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު