ރޮނާލްޑޯ އާއި މެސީގެ ބަހުސަކީ ނިމުމެއްނެތް ބަހުސަކަށްވެފައި ވިޔަސް، ދުނިޔޭގެ ޙަޤީޤަތްތަކާމެދު ވިސްނާލުމަކީ އޮތްކަމެކެވެ. މި ފިކުރާއި ފަލްސަފާގެ ދަށުން ރޮނާލްޑޯއަކީ ދުނިޔޭގައި މިފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އަދި އެކަމަށްޓަކައި ރޮނާލްޑޯ ނިސްބަތްވާ ޕޯޗުގަލްގެ ޤައުމީ ޓީމަށް ދުނިޔޭގެ ތަށި ލިބުމަކީ ޝަރުޠެއްކަމުގައި ވެސް ނުބެލެވެއެވެ.
މެސީއަކީ މަޝްހޫރު ކުޅުންތެރިޔަކަށް ވުމަށްޓަކައި ބާސެލޯނާއަކީ ވަޞީލަތެއްކަމުގައި ވިއެވެ. ރޮނާލްޑޯ އަކީ މަޝްހޫރު މޮޅު ކުޅުންތެރިޔެއް ކަމުގައި ވުމަށްޓަކައި އޭނާ ބޭނުންކުރީ އޭނާގެ ނަފުސާއި ހިތްވަރާއި ނުގުޑާފަދަ އަޒުމެވެ. ދުނިޔޭގެ މީޑިއާ އާއި، އަމިއްލަ ޓީމުގެ މޮޅު ކުޅުންތެރިންގެ ވެސް ޖެއްސުންކުރުންތަކުން އަރައިގަތީ އޭނާގެ މޮޅުކަމުންނެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބާރުގަދަ 5 ޤައުމާއި، އެންމެ ބޮޑު 5 ލީގު އޭނާ ރަމަތަކޮށްފި އެވެ. އެގޮތުން ޕޯޗުގަލް، އިނގިރޭސިވިލާތް، ސްޕެއިން، އިޓަލީގެ އިތުރުން ސައުދީ އަރަބިއާ ހިމެނެއެވެ. މިއީ، މިހާރު ފުޓްބޯޅައިގެ އެންމެ ބޮޑެތި ނަންތަކެވެ. އަދި އެންމެ ބޮޑެތި ލީގުތައް ބާއްވާ ޤައުމުތަކެވެ. މިހުރިހާ ލީގެއް ވެސް ރޮނާލްޑޯ ވަނީ ކާމިޔާބުކޮށްފައެވެ. އޭނާއަށް ނުލިބޭ ޓްރޮފީއަކީ ވޯލްޑް ކަޕް އެކަންޏެވެ.
މިއަހަރުގެ ވޯލްޑް ކަޕަށް ރޮނާލްޑޯއަށް އަލްވަދާއުކިޔާން ޖެހިފައިވީ ނަމަވެސް އޭނާގެ ހުނަރާއި، ހިތްވަރާ އަޒުމަށް އަދިވެސް ދުނިޔޭގެ ތަޢުރީފު ދަނީ އޮހެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު