ށ. ފޯކައިދޫއަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަން މިސަރުކާރުން ހައްލުކޮށްދީފި އެވެ. ފޯކައިދޫއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށްޓަކައި 800 ކިލޯވޮޓްގެ ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފައިވާ ކަމަށް ފޯކައިދޫ ޕީއެންސީގެ ރަސްމީ ފޭސްބުކް ޕޭޖްގައި ހާމަކޮށްފައި ވެއެވެ.
މިއީ މިހާތަނަށް ފޯކައިދޫއަށް ގެންދެވުނު އެންމެ ބޮޑު އެއް ޖަނަރޭޓަރުކަމަށާއި، މިއީ މުޅިން އައު ޖަނަރޭޓަރެއް ކަމަށް މަޢުލޫމާތު ލިބެއެވެ. އަދުގެ ސަރުކާރުން ރައްޔިތުންނަށް ދިމާވާ މިފަދަ މައްސަލަތައް ހައްލުކުރެއްވުމަށް އަޅުއްވާ އަވަސް ފިޔަވަޅުތަކަށްޓަކައި ރައީސް ޑރ. މުޢިއްޒުއަށާއި، ހީވާގި މަޖިލިސް މެންބަރު މުހައްމަދު އިބްރާހީމްއަށް ފޯކައިދޫ ޕީއެންސީން ޝުކުރު އަދާކުރެއެވެ.
ކުރީ ސަރުކާރުން ބޮޑު އިންޖީނުގެއެއް އަޅައި، ރަށުމެދުގައި ހުރި އިންޖީނުގެ ވަނީ އަވަށާ ދުރަށް ރީލޮކޭޓްކޮށްފައެވެ. އަދި ޒަމާނީ ފެންވަރުގެ އޮފީހެއް ވަނީ ބިނާކޮށްފައެވެ. މި ސަރުކާރުން މިވަނީ ޖަނަރޭޓަރުތައް ބޮޑުކޮށް، ކަރަންޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށްފައި ކަމަށް ބުނެ، ޕީއެންސީގެ ސަޕޯޓަރުން ގެންދަނީ އުފާފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު