ސަރުކާރު އޮފީސްތައް 24 ގަޑީއިރުވެސް ހުޅުވާފައި ބަހައްޓަން ޖެހިދާނެ ޤަވައިދެއް.

މިލައުތުރު | 15 ޖުލައި 2026 | ޚަބަރު

ސަރުކާރުގެ އޮފީސްތަކުގައި މުވައްޒަފުން ގަޑިނުޖެހޭ ގޮތަށް 30 މިނެޓް ހަަމަޖެއްސި ނަމަވެސް އޮފީހުން ބޭރުގައި އުޅޭ ހުރިހާ ވަގުތެއް ހަމަކޮށްފައި ނޫނީ ގެއަށް ނުދެވޭނެ ކަމަށް ސިވިލް ސާރވީސް ކޮމިޝަނުގެ ރައީސް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި އުޅޭ މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކީ ސިޔާސީ ކޮންމެވެސް ނުފޫޒެއްގެ ތެރެއިން ވަޒީފާއެއް ހޯދައިގެން އުޅޭ މީހުންކަމަށް ވާތީ އާއި، އެފަދަ މީހުން އޮފީހުގައި ހޭދަކުރާ ވަގުތައްވުރެ ގިނަ ވަގުތު ހޭދަކުރަމުންދަނީ އޮފީހުން ބޭރުގައި ކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އެހެންކަމުން މިފަދަ ޤަވައިދެއް “ޤަވައިދުން” ތަންފީޒުކުރާނަމަ، އޮފީސްތައް ބަންދުކުރާނެ އަވައްޖެއް ނުވާނެ ކަމަށާއި، 24 ގަޑީއިރުވެސް ހުޅުވާފައި ބަހައްޓަން ޖެހިދާނެ ކަމަށް ބައެއް މީހުން ބުނަން ފަށައިފި އެވެ. އެހެން Sarވެއްޖެނަމަ، އިޚްލާސްތެރިކަމާއެކު އޮފީސްތަކުގައި މަަސައްކަތްކުރާ މަދު މުވައްޒަފުންކޮޅަށް ބޮޑު ތަކުލީފެއްކަމުގައި ވެދާނެ އެވެ.

Advertisement

ދިވެހިރާއްޖޭގައި މިފަހަކަށް އައިސް އުފައްދާ ޤާނޫނުތަކާއި ޤަވައިދުތައް ތަންފީޒުކުރުމުގެ މަރުޙަލާގައި ޖެހެނީ އުނބަށްޖަހާށެވެ. އެހެންކަމުން އާންމު ރައްޔިތުންގެ އިތުބާރުވަނީ ބޮޑުތަނުން ގެއްލިފައެވެ. މިހާރު ދެން ސިވިލް ސާރވީސް އަކީ ވެސް މާބޮޑު މުސްތަޤިއްލުކަމެއް އޮތް ތަނެއް ނޫންކަމަށް ބުނާމީހުން މަދެއް ނޫނެވެ. ސިވިލް ސާރވީސް ކޮމިޝަނުން މިފަހަރު ތަންފީޒުކުރަން މިފެށި ޤަވައިދު އުނބަށްޖަހާކަށް ނުޖެހޭނެބާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.