ކޮކްރޮޗް ޖަންތާ ޕާޓީ އާއި ކިޔަވާކުދިން ގުޅިގެން ކުރިއަށް ގެންދާ މުޒާހަރާގައި އެއް ދުވަހުގެ ތެރޭގައި ދިއްލީ ފުލުހުންގެ އަނިޔާވެރިކަމުން 60 އަންހެން ކުދިންގެ އަތް ބިނދިފައިވާ ކަމަށް ޕާޓީގެ ތަރުޖަމާނު ބުނެފި އެވެ.
ޕޭޕަރު ލީކުވި މައްސަލައިގާ އެމީހުންގެ ޑިމާންޑަކީ ތަޢުލީމާބެހޭ ވަޒީރު އިސްތިއުފާދިނުމެވެ. އެހެން ނަމަވެސް ވަޒީރު ހުރީ އިސްތިއުފާދޭ ގޮތަކަށް ނޫނެވެ. އަދި ބޮޑު ވަޒީރު މޯދީގެ ސަރުކާރުން ބުނަނީ އެއްވެސް ވަޒީރަކު އިސްތިއުފާދޭން ޖެހޭ ވަރުގެ މައްސަލައެއް ނޫންކަމަށާއި، އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް އިދާރީ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށެވެ.
މުޒާހަރާއަށް ނިކުންނަ މީހުން ގިނަވަމުންދާތީ، އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށް އަނިޔާވެރިވާތީ، މަޝްހޫރު އެތައް ތަރިންނެއްގެ އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފައި ވެއެވެ. އަދި އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރުން ވެސް މަގުމައްޗަށް ވަނީ ނިކުމެފައެވެ. އެގޮތުން ބޮޑުވަޒީރު ދިރިއުޅުއްވާ ގެކޮޅުގެ ކައިރީ މުޒާހަރާކުރުމުން އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވެސް ފުލުހުން ގަދަކަމުން ހައްޔަރު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު