ލޯބީގެ ރީތި ލަވަޔަތަކެއް ހުށަހަޅައިދިން ޖިޔޮތްރިމައީ ނާޔަކް މިއަހަރުގެ އިންޑިއަން އައިޑޮލްގެ ސީޒަން-16 ކާމިޔާބުކޮށްފި އެވެ.
ގިނަ އަދަދެެއްގެ ހުނަރުވެރި ލަވަކިއުންތެރިން ވާދަކުރި މުބާރާތުގެ ފަޚުރުވެރި އެއްވަނަ ކާމިޔާބުވުމުން އޭނާ ބުނީ އެއީ އޭނާގެ އެކަނި ކާމިޔާބެއް ނޫންކަމަށާއި، އެތައް ބަޔެއްގެ ކާމިޔާބެއް ކަމަށެވެ. އަދި ސީޒަން-16 ކާމިޔާބުކުރާނެ ކަމަށް ކުރިން ބެލެވުނު އެހެން ބައިވެރިން ތިއްބާ އޭނާއަށް މުބާރާތް ކާމިޔާބުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

އުމުުރުން 24 އަހަރުގެ ޖިޔޮތްރިމައީ އަކީ މުބާރާތަށް އައުމުގެ ކުރިންވެސް ލަވަކިޔާ ޕާރފޯމްކޮށް އުޅުނު ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު