ރީތިކަމާއި ފުރިހަމަ ކަމުން ބައެއް މީހުން އާޝޯޚުވި މާލޭ ބޮޑުތަކުރުފާނުމަގުގައި އަލަށް ތަރައްޤީކުރި ބަޔަށް ވެހިލި ފުރަތަމަ ވާރޭ ފެންފޮދާއެކު މަގުގައި ފެންބޮޑުވެ މީހުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.
ބޮޑުތަކުރުފާނުމަގުގައި އަލަަށް ތަރައްޤީކުރި ބައިގައި މިހާ އަވަހަށް ފެންބޮޑުވުމުން ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ. އެތައް މިލިޔަން ރުފިޔާއެއް ހޭދަކޮށްގެން ހިންގާ މިފަދަ މަޝްރޫޢުތަކުން ލިބެންވާ ޙަޤީޤީ ފައިދާ ރައްޔިތުންނަށް ނުވުމާއި، ފަސޭހައަށް ވުރެ ބޮޑަށް ދެއްކުންތެރިކަން ހުންނަ ކަމުގެ ޝަކުވާއެވެ.
ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި މިއަށް ވުރެ ރަނގަޅަށް އެތަން ހެދެންވާނެއެވެ. އަދި މޫދު ޖެހިފައިއޮތް މަގެއްގައި ވާރޭ ފެންފޮދެއް ވެހިލާއިރަށް ފެންބޮޑުވާ ގޮތަށް އޮތުމަކީ ހައިރާންވާ ކަމެކެވެ. ހަމަ ޔަޤީނުން ވެސް މި ސުވާލުތަކަށް ވެސް ޖަވާބު އޮންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު