އިންޑިޔާގައި ކިޔަވާކުދިންނާއި، ކޮކްރޮޗް ޖަންތާ ޕާޓީއާ ގުޅިގެން ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގައި އިސްކޮށް އުޅުނު، އަދި ސޯނަމް ވަންގޗުކްއާއި އެކު ބަނޑުހައިހޫނުކަމުގެ ގަޅުތާލުގައި ބައިވެރިވި ދަރިވަރުންގެ ލީޑަރު ނޭހާ ބޯރާގެ ގަޔަށް މީހަކު ކަޅުތެޔޮ ޖަހައިފި އެވެ.
ކަޅުތެޔޮ ޖެހި މީހާއާއި ހަވާލާދީ ބައެއް މީހުން ބުނެފައިވަނީ އޭނާއަށް އެ ޚިޔާލު ލިބުނީ ރާއްޖެއިން ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނާގޮތުގައި އޭނާ އެކަން ކުރީ، އެ ހަޅުތާލުކުރި މީހުންނަކީ ޤައުމަށް ގައްދާރުވެފައިވާ ބަޔަކަށް ވާތީ އާއި، އެމީހުންނަނީ އެންމެ ބޮޑު ޓެރަރިސްޓް ކަމަށްވާ އުމަރު ޚާލިދުގެ މީހުން ކަމަށްވާތީ އެވެ.
ނޭހާ ބޮލަށް ކަޅުތެޔޮ ޖެހި މައްސަލަ ވަނީ ބޮޑު ސިޔާސީ ބަހުސަކަށް ވެފައެވެ. ބައެއް މީހުން ދެކޭގޮތުގައި އެއީ އަންހެނުންނަށް ކުރި ވަރަށް ބޮޑު ފުރައްސާރައެއް ކަމަށެވެ. ޒުވާން އަންހެން ކުއްޖެއްގެ ގަޔަށް ބޮލަށް އަރައި، ކަޅުތެޔޮ ޖެހީ ފިރިހެނެކެވެ. އެހެންކަމުން މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ނޭހާގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.
މުޒާހަރާތައް ހުއްޓާލަން އެއްބަސްވީ އެމީހުންގެ ހުށަހެޅުންތަކަށް ސަރުކާރުން އަމަލުކުރުމަށް އަހުދުވުމުންނެވެ. އެހެން ނަމަވެސް ކޮކްރޮޗް ޖަންތާ ޕާޓީގެ ފައުންޑަރ އަބީޖިތުގެ މައްޗަށް ވެސް ދައުވާކުރަން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެހެން ވެއްޖެނަމަ މުޒާހަރާތައް އަލުން ފެށިދާނެ ކަމަށް ވެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު