ޖައިލަމް ފެނަކައިން ކަނޑާލުމުން ވަގުތުން ފޯކައިދޫ ކައުންސިލުން ހަވާލުވެ ވަޒީފާއެއް ދީފި.

މިލައުތުރު | 16 އޮގަސްޓު 2026 | ޚަބަރު

ށ. ފޯކައިދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން އަޙްމަދު ޖައިލަމް ކުނިކަހާމީހަކަށް ބަދަލުކޮށްފައި، ހެޑް އޮފީހުން އެމައްސަލަ ބެލުމަށްފަހު އަނެއްކާ މަޤާމް ރުޖޫޢަކޮށްފައި، އެޕްރެއިސަލް މާކްސް ދަށްކޮށް، އެންމެ ފަހުން ސުލޫކީ މައްސަލަ ހުރިކަމަށް ބުނެ ކުއްލިއަކަށް ވަޒީފާއިން ވަކިކޮށްލުމުން ފޯކައިދޫ ކައުންސިލުން އޭނާއަށް ވަޒީފާއެއް ދީފިއެވެ.

ޖައިލަމް ފޯކައިދޫ ކައުންސިލަށް ނަގާފައިވަނީ މުނިސިޕަލް ޓީމްގެ ސުޕަވައިޒަރުގެ ގޮތުގައެވެ. އަދި ވަޒީފާ ހަަމަޖެއްސިކަން ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އަންވަރު ވަނީ ކަށަވަރު ކޮށްދީފައެވެ. ޖައިލަމް ފެނަކަ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓް މިއަދު ވަނީ ޙަވާލުކޮށްފައެވެ. އަދި އެ ޗިޓްގައިވާ ގޮތުން މާދަމާއިން ފެށިގެން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ނޯޓިސްގެ މުއްދަތު ކަމުގައިވާ 2 މަސްދުވަހަށްވާ ފައިސާއާ އެކުގައެވެ. ފޯކައިދޫ ކައުންސިލުން ކޮންޓްރެކްޓް އުޞޫލުން އޭނާއަށް މާދަމާއިން ފެށިގެން ވަނީ ވަޒީފާ ހަމަޖައްސާފައެވެ.

Advertisement

ޖައިލަމްގެ އިތުރުން ވެސް 17 މުވައްޒަފެއްގެ މާކްސް ދަށްކޮށް، ވަޒީފާއިން ވަކިކުރުމަށް ތައްޔާރުވަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިކަމާގުޅިގެން ފޯކައިދޫގައި ބޮޑު މުޒާހަރާއަކަށް ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.