ލޯބީގެ ވާހަކަ “އެމާ” – 2 ވަނަބައި

މިލައުތުރު | 21 އޮގަސްޓު 2026 | ވާހަކަ

ދެމީހުންވެސް އެކަކު އަނެކަކަށް ހިނިތުންވެލުމަށްފަހު ދުވަހުގެ މަސައްކަތްތަކުގައި މަސްއޫލްވެއްޖެއެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ފެންނަ ފެނުމަށް ނުދަންނަ ބަޔަކުހެން ހީނުވިތާ ހިތާހިތުގެ ގުޅުމުން ޖަރީވެފައިވާ ދެމީހުން ފަދައިން ތިބީ އުފަލުން ފޮޅިފައެވެ. އޭގެފަހުން ދެއްކިހާވާހަކައެއް ވީ ލޮލުގެ އިޝާރާތްކަމުގައެވެ.

އޮފީސް ނިމިގެން ގެއަށްދާ ގަޑި ޖެހިއްޖެއެވެ. އިމާރާތުގެ 8 ވަނަ ފަންގިފިލާގައި މަސައްކަތްކުރާ ގިނަ މުއައްޒަފުން ދުވަހަށް ކަނޑައެޅި މަސައްކަތްތައް ނިންމާލުމަށްފަހު ގެއަށް ގޮސްފިއެވެ. އަދިވެސް ކިއާރާ އަވަދިނެތި އުޅޭތަން ފެނުމުން ތޯހިރަށް ނަޒަރު ހިންގާލެވުނު ވަގުތެވެ. ވަރަށް ބާރަށް ހަޅޭއްލަވައިގެންފައި ދުއްވައިގެންފިއެވެ. އެވަގުތު ތޯހިރު ވެސް އަވަސްވެގަތީ ވީގޮތެއް ބެލުމާއެކު އެހީތެރިވުމަށެވެ. އެކުއްޖާފުޅު ގަތްފައިހުރި ބިރެއްގެ ސަބަބުން ބަލަން ބަލާކަށް ނެތެވެ. ފެނުމާއެކު އޮޅުލައިގެންފިއެވެ. “ކުރަފި ހިލިއްޖެ” އޭ ގޮވަމުން ދެފައިތަަޅަމުން ގެންދިޔައެވެ.

Advertisement

“އޭ، އިހަށް ހަމަޖެހިބަލާ! އެއީ ފޮނިކުރަތްޕޭ!” އެއީ ދަތްއަޅާ ކަށިޖަހާއެއްޗެއް ނޫންކަމަށް ބުނެދިނީ ސަމާސާ ގޮތަކަށެވެ.

“ކުރަފި ދެކެ ވަރަށް ބިރުގަނޭ! މޭޒުދަށުގައި ބައިވަރު އެބައުޅޭ! އަޅެ ޕްލީޒް، އަހަރެންގެ ލެޕްޓޮޕް ގެނެސްދީބަލާ! ދެން ދާނީ ގެއަށް” އާދޭހާއެކު ބުނެލިއެވެ. ވަގުތުން ތޯހިރު ގޮސް ކިއާރާގެ ލެޕްޓޮޕް ގެނެސްދީފިއެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ! މިއަދު ވާވަރަށް އުނދަގޫ ކުރެވިއްޖެ ދެއްތޯ!” ޖަޒުބާތީކޮށް ބުނެލިއެވެ.

ދެމީހުންވެސް އޮފީހުން ނިކުތީ އެކުއެކީގައެވެ. އެއީ ވެސް ތަދުބީރުކުރި ކުރުމެއް ނޫނެވެ. ވަރަށް ބޮޑު އިއްތިފާޤެކެވެ. ލިފްޓް ތެރޭގައި ހަނުތިބުމަށްފަހު ބޭރަށް ނިކުތްވަގުތު، ގެއަށް ލައިދޭންވީހޭ ތޯހިރު އަހާލިއެވެ. ދެން ދެމީހުން އެކުގައި ގެއަށް ގޮސްފިއެވެ.

ދެމީހުންގެ ގުޅުން ބަދަހިވެ ރަޙްމަތްތެރިކަން އިތުރުވެއްޖެއެވެ. އޮފީސް މާޙައުލުގައިވެސް ދެމީހުންނަކީ ގާތް އެކުވެރިންގެ ގޮތުގައި ބަލައިގެންފިއެވެ. ކޮންމެ ދުވަހަކު އޮފީހަށް އަންނީ އަދި ދަނީވެސް އެކުގައެވެ. އޮފީހުގައި ދިމާވާ ކޮންމެކަމެއްގައި އެކަކު އަނެކަކަށް އެހީތެރިވެދީ އުޅެނީ ނުހަނު ހިތްހަމަޖެހުމާއި އުފަލާއެކުގައެވެ. އަދި ބަދަލުގައި އެއްޗެއް ބޭނުންވާތަނެއް ވެސް އަމުދަކުން ނުފެނެއެވެ. ދެމީހުންގެ ރަޙްމަތްތެރިގުޅުމަކީ މުޅި އޮފީހަށްވެސް ރީތި ނަމޫނާއަކަށް ވެއްޖެއެވެ. ދޭދޭ މުވައްޒަފުންގެ މެދުގައިވެސް އެ ދެމީހުންގެ ވާހަކަ ދެެކެވެނީ ފުރިހަމަ މިސާލެއްގެ ގޮތުގައެވެ.

ތޯހިރަކީ ސީނިޔަރ މުއައްޒަފެއްކަމުގައި ވިޔަސް އޭނާގެ ޙަރަކާތަކާއި މުޢާމަލާތަކުން ފާހަގައެއް ނުވެއެވެ. ކިއާރާ ބޭނުންވާ ކޮންމެކަމެއް ވެސް ކޮށްދެނީ ކުރާހިތުންނެވެ. އަދި ކިއާރާވެސް އެކަން ޤަބޫލުކުރަނީ އިޙްތިރާމާއި ޝުކުރުވެރިކަމާއެކުގައެވެ. ކިއާރާގެ ހިތުގައި ތޯހިރަށް އޮންނަ ޤަދަރު ދިޔައީ އިތުރު ވަމުންނެވެ. ވާހަކަދައްކާ މުއާމަލާތްކޮށް އުޅެނީ އަދަބު އިޙްތިރާމާއެކުގައެވެ. އެކަމަކީ އެހެން ހުރިހާ މުއައްޒަފުންނަށް ނަމޫނާއެއްކަމުގައި ވެއްޖެއެވެ.

“އަހަރެން ވަޒީފާއަށް އަންނަނީ ވެސް އޭނާއަށްޓަކާ. އޭނާ ވަޒީފާއަކަށް ނުގޮސް ގޭގައި ހުންނާތީ. އެންމެ ޒަރޫރީ ކަންކަން ކޮށްލާނެ މިންވަރަށް ވެސް ފައިސާ ނެތީމާ. އެކަމަކު އޭނާއަށް އެކަންވެސް ހަނދާން ނެތިއްޖެ. އަހަރެން ދޫކޮށްލީ ވަރަށް ހުތުރު އެއްޗެހި ވެސް ކިޔާފާ.” ފެންކަޅިވެފައިހުރި ކިއާރާ ކިޔައިދެމުން ދިޔައެވެ.

“ފަޒާލް ނޫން މީހަކާއެކު ދިރިއުޅޭނަމޭ ދުވަހަކު ވެސް ހިތަކަށް ވެސް ނާރާ. އޮފީހާ މަތިކޮށްފާ އަހަރެން ދޫކޮށްލަން ހެޔޮވާނެތަ! ވަޒީފާ އަދާކުރާކަށް ބޭނުމެއްވެސް ނޫން.” ވަރުބަލިކަމާއެކު ތޯހިރުގެ ކޮނޑުގައި ބޯއަޅާލުމަށްފަހު ރޯންފެށިއެވެ.

ދެމީހުންވެސް ތިބީ އެކަކު އަނެކަކަށް ދެވޭނެ އެންމެ މަތީ ދަރަޖައަކަށް ސަމާލުކަން ދީގެންނެވެ. ތޯހިރު ހުރީ ކިއާރާގެ ވާހަކަތައް ވަރަށް ކަނުލާ އަޑުއަހާށެވެ. ފެންނަ ފެނުމަށް ދެމީހުންނަށް ވެސް ތިބީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ތޯހިރުގެ އެންމެ ގާތް އެކުވެރިޔާއަށް ކުއްލިގޮތަކަށް ލިބުނު ހިތާމައެއްގެ ސަބަބުންނެވެ. ކިއާރާގެ ހިތަށް ތަސައްލީއެއް ލިބޭނެ ކޮންމެކަމެއް ކުރަން ތޯހިރު ހުރީ ތައްޔާރަށެވެ. ޙާލަތުގެ ނާޒުކުކަމުގެ ހާސްކަމާއެކުގައެވެ. ކަމެއް ޔަޤީންކޮށްލުމުގެ ގޮތުންވެސް ސުވާލެއްވެސް އަހާލަން ނުކެރިފައެވެ. އޭނާ އިތުރަށް ދެރަވެދާނެތީއެވެ. އޭނާގެ ސާދާ މޫނާއި ލޮލުން އެންމެ ކަރުނަތިކެއްވެސް އަޅާތަން ދެކެން ބޭނުންނުވާތީ އެވެ.

“ބޭނުންވާ އިތުރުކަމެއް އެބައޮތްތޯ! ކަމެއް ބޭނުންވެއްޖެނަމަ ބުނައްޗޭ. ކޮންދެވޭވަރު ކޮންމެކަމެއް ވެސް އުފަލުން ކޮށްދޭނަން.” ތަޒުބާތާއެކު ތޯހިރު ޔަޤީންކަން ދިނެވެ.

“އަހަރެން ބޭނުމީ އެންމެކަމެއް. އޮފީހުގައި އުޅޭހާ ދުވަހަކު އަހަރެންނާއެކު ތިޔަ ގޮތުގައި އެންމެގާތް ރަޙުމަތްތެރިޔާގެ ގޮތުގާ ހުރެދިނުން.” ޖަވާބުގައި ކިއާރާ ބުނެލިއެވެ.

މި ހުރިހާ ވާހަތަކެއް ދައްކަމުންދިޔައިރު، ސްރީލަންކާގެ އަންހެން ވޭޓަރެއް މަންޒަރު ބަލަން ދުރުގައި ހުއްޓެވެ. އަދި ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޚުދު އޭނާއަށްވެސް އެނގިއްޖެ ކަހަލައެވެ. އަދި ވަރަށް ޝައުޤުވެރިވެފައި ހުރިތަން ފެނުނެވެ. ދެމީހުންގެ ހަރަކާތްތަކަށް ސަމާލުކަމެއްދީގެން ކަނުލާ އަޑުއަހަން ހުއްޓެވެ. އޭނާގެ ވަރަށްވެސް ޚާއްޞަ ދެ ކަސްޓަމަރުންނަށް ވާތީއެވެ. (ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.