އާބާދީ-60ގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ކުރީގެ ދެ ރައީސުން ތިނަދުއަށް ވަޑައިގެންފި.

މިލައުތުރު | 21 އޮގަސްޓު 2026 | ޚަބަރު

ތިނަދޫގައި މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 3 ދުވަހުގެ މުއްދަތަށް އެ ސިޓީގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިތަމަށްޓަކައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ތިނަދުއަށް ވަޑައިގެންފި އެވެ.

ތިނަދޫ ސިޓީ ކައުންސިލުން އިންތިޒާމްކުރާ މި ޚާއްސަ އިވެންޓުގެ އެންމެ ޚާއްސަ އެއްކަމަކީ މި ދެ ރައީސުން އެކުގައި ޖަލްސާ ޝަރަފުވެރި ކޮށްދެއްްވާކަމެވެ. އާބާދީ-60 ގެ ބައެއް ހަރަކާތްތައް މިހާރުވެސް ފެށިގެން ކުރިއަށް އެބަދެއެވެ. އެގޮތުން ދިދަނެގުމާއި، ގަސްއިންދުމުގެ ޕްރޮގްރާމެއް ހިމެނެއެވެ.

Advertisement

ދެ ރައީސުން ތިނަދުއަށް ވަޑައިގަތުމުން ސިޓީގެ ރައްޔިތުންވަނީ އެ ދެބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެގޮތުން ދެ ރައީސުންގެ އިސްތިޤުބާލުގައިތިބި މީހުންގެ ސަފުތައް ކޮޅާކޮޅު ނުފެންނަ ހިސާބަށް ދެމިގެންގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.