މާލެ-ރަސްމާލެ ގުޅުވާލާ ޓަނަލަކީ ރާއްޖޭގައި ހިންގޭނެ ފަތުރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫޢު.

މިލައުތުރު | 26 އޮގަސްޓު 2026 | ރިޕޯޓު

ދުނިޔޭގެ ފުރަތަމަ ބިއްލޫރި ޓަނަލް ރާއްޖޭގައި އަޅާ ނިމުމުން މިހާރު ކުރިމަތިވެފައިވާ ބޭރުފައިސާގެ ތާށިކަން ފިލާނެކަމަށާއި، އެއީ ދިވެހިރާއްޖޭގައި ހިންގޭނެ ފަތުރުވެރިކަމުގެ އެންމެ ބިޔަ މަޝްރީޢުކަމަށް މީހުން ލަފާކުރަން ފަށައިފި އެވެ.

މިކަމާބެހޭ ގޮތުން ޝުޢޫރުފާޅުކުރާ ބައެއް މީހުން ދެކޭގޮތުގައި، ކަނޑުއަޑީގައި އަޅާ ޓަނަލްގެ މަސައްކަތް ކުރިއަށްދާގޮތުގެ ހިލަމެއް އެހާ ފަސޭހައަކުން ނުވާނެކަން ދަންނަން ޖެހޭ ކަމަށެވެ. މިކިޔަނީ ފުން ކަނޑުގެ އަޑީގައި ކުރާ މަސައްކަތެއްގެ ވާހަކަ ކަމަށާއި، އެތާ އަޑީގައި ކުރާ މަސައްކަތް އެއީ ހަމަ ކޮންމެކޮންމެ މީހަކަށް ބެލޭނެ ކަމެއް ނޫން ކަަމަށެވެ.

Advertisement

ދުނިޔޭގެ އެންމެ ބޮޑު ރަށްކަމަށްވާ ރަސްމާލެއާއި މާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ޓަނަލަކީ ދުނިޔޭގައި އަޅާ އެފަދަ ފުރަތަމަ ޓަނަލް ކަމަށާއި، އެ މަސްރޫޢަކީ ފަތުރުވެރިކަމުގެ މަޝްރޫޢެއް ކަމަށް ރައީސް ވެސް ވަނީ ޔަޤީން ކޮށްދެއްވާފައެވެ. އަދި އެ ޓަނަލް ވެގެންދާނީ ފަތުރުވެރިން ޝައުޤުވެރިވާ ޓޫރިސްޓް އެޓްރެކްޝަނަކަށެވެ.

އެ ޓަނަލްގެ އެންމެ ޙާއްސަ އެއް ސިފައަކީ ޓަނަލުގައި ދަތުރުކޮށްފައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތަކާއި، ކޯމަސްފަދަ ދިރުންތައް އާލާވާމަންޒަރު ފެނިގެންދިއުމެވެ. މިއީ މިހާތަނަށް ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ފެންނާނެ މަންޒަރެއް ނޫނެވެ. ދުނިޔޭގައި މީގެ ކުރިން އަޅާފައިވާ ޔޫރޯ ޓަނަލުން ވެސް މިފަދަ ފުރުޞަތެއް ނުލިބެއެވެ. އެހެންކަމުން ދިވެހިރާއްޖެ ވެގެންދާނީ ދުނިޔޭގެ އެންމެންގެ ސަމާލުކަން ލިބޭ ޤައުމަކަށެވެ. އަދި ރާއްޖެއަށް ވަންނަ ޑޮލަރުގެ އަދަދު ދިހަގުނައަށް އިތުރު ވެގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.