ރިސޯޓް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް.

މިލައުތުރު | 28 އޮގަސްޓު 2026 | ރިޕޯޓު

ބޭރު ފައިސާގެ ގާނޫނު މިދިޔަ ހަފުތާގައި ފާސްކުރުމާ އެކު ހާއްސަކޮށް ރިސޯޓް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން މަނާކުރަނީ ކަމަށް ބެލެވިފައި ވެއެވެ.

އެގޮތުން ޑޮލަރުން މުސާރަ ލިބޭ ރިސޯޓް މުވައްޒަފުންނަށް ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން މުސާރަ ދިނުމަށް ލާޒިމް ކުރަން އުޅޭކަމުގެ އަޑުތަކުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެއާ އެކު ރިސޯޓް މުވައްޒަފުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދި މުޅި ސޯޝަލް މީޑިއާ ފްލަޑް ވެގެންދިޔައެވެ.

Advertisement

އެއީ ޙަޤީޤަތް ނޫންކަން މިހާރު މިވަނީ ސާފުވެފައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނުގައި ކުރިން ވެސް އަދި މިހާރު ވެސް ރިސޯޓުތަކުގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެމްއެމްއޭގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. ވީމާ، ރިސޯޓް މުވައްޒަފުންނަށް އަދިވެސް ޑޮލަރުން މުސާރަ ދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.