ރިސޯޓުތަކަކީ ދިވެހި ދައުލަތުގެ ތަކެތި ކަމަށާއި، ފަތުރުވެރިކަމުގެ ވިޔަފާރިން ލިބޭ މުއްސަނދިކަން ލިބެންޖެހޭނީ ހަމަ އެކަނި ރިސޯޓު ހިންގާމީހުންނަށް ނޫންކަމަށާއި، ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ލިބެން ޖެހޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް އޮފީހުގައި ދާދިފަހަކުން ބޭއްވި ތަސްދީގުކުރުމުގެ ރަސްމިއްޔާތައްފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރިސޯޓަކަށް 40 އިންސައްތަ ޑޮލަރު މާރުކުރުމަކީ ބޮޑު ކަމަކަށް ވެގެން ނުވާނެ ކަމަށެވެ. ބައެއް ވިޔަފާރިވެރިން ދައްކަންޖެހޭ އިންސައްތަ ކުޑަކުރުމަށް އާމްދަނީ ކުޑަކަމަށް ދައްކައި ހިސާބުތައް ފެބްރިކޭޓްކޮށް ފޮނުވާނެކަމަށް ބުނެފައިވާ ކަމަށާއި، ނަމަވެސް ހިސާބު އޮޅުވާލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ވަކި ބަޔަކު މުއްސަނދިވާން މި ސަރުކާރުން ދޫކޮށް ނުލައްވާނެ ކަމަށާއި، ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމުގެ ފައިދާ ހުރިހާ ދިވެހި ރައްޔިތުންނަށް ހަމަހަމަކޮށް އިންސާފުވެރިކަމާއެކު ލިބޭނެގޮތް ހައްދަވައިދެެއްްވާނެ ކަމަށާއި، ރައްޔިތުންގެ ޙާލަތު ބަދަލުކުރައްވާނީ މިސަރުކާރުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު