ހަރުތަނެއްގައި ވިދި ށ. މަރޮށީ ފެނަކައިން ކަނޑާލި އެކަކަށް އަނބުރާ ވަޒީފާ ދީފި.

މިލައުތުރު | 3 ސެޕްޓެމްބަރ 2026 | ޚަބަރު

ށ. މަރޮށީ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 3 މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފައި، އޭގެތެރެއިން އެއް މުވައްޒަފަށް އަލުން ވަޒީފާ ދީފިކަމުގެ ވާހަކަތަކެއް ފެތުރިއްޖެ އެވެ.

ހުނިޖަހާ ފާހަގަކޮށްގެން ކަނޑާލީ އެމްޕީއަށް ތާއީދުކުރާ މުވައްޒަފުންކަމަށް ޔަޤީންކުރި ނަމަވެސް އޮޅުމަތުން ވިޔަސް ގަސްދުގައި ވިޔަސް ހަރު އެއްޗެއްގައި ޖެހި ނިންމުން އަލުން ބަދަލުކުރަން ވަނީ ޖެހިފައެވެ. މަޢުލޫމާތު ލިބޭގޮތުގައި ވަޒީފާ އަލުން ދިނުމަށް ނިންމީ ކޮންމެވެސް ވަޒީރުބޭފުޅެއްގެ ފަހަރިކޮއްކޮ އެކެވެ. އެހެން ނަމަވެސް އަނެއް ދެ މުވައްޒަފުން ވަކިކުރި ކުރުމަށް ބަދަލެއް ނާދެއެވެ. އެހެންކަމުން ށ. މަރޮށީ ފެނަކައިން ކަނޑާލި މުވައްޒަފުންގެ އަދަދު 2 އަކަށް ވަނީ ދަށްވެފައެވެ.

Advertisement

މަރޮށިން ވާހަކަދެއްކި މީހަކު ބުނިގޮތުގައި، ޔަޤީންވާގޮތުގައި އެއީ ވަރަށް ބޮޑު މީހެއްގެ ނުފޫޒުން ބަދަލުވި ކަމެކެވެ. ކިހާ ބޮޑު މީހެއްތޯ ސުވާލުކުރުމުން ބުނީ ސީދާ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ކަމަށެވެ. އަނެއް ދެމީހުންގެ ވަޒީފާ އިޔާދަކޮށްދޭތޯ ނުދަންނަވަންތޯ ސުވާލުކުރުމުން ބުނީ އެކަމެއް ނުކޮށްދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.