ދިވެހިރާއްޖޭގައި އެމެރިކާ ޑޮލަރު ހޯދަން އެހާ ވަރަކުން އުޅެން ނުޖެހޭ ކަމަށާއި، އެއީ އެހާ މާތް އެެއްޗެއް ނޫންކަމަށް ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ދިވެހި ރުފިޔާއަށް ވުރެ ބޮޑި ޑިމާންޑެއް އެމެރިކާ ޑޮލަރަށް އޮންނާކަށް ނުޖެހެއެވެ. އެހެން ނަމަވެސް މިދުވަސްކޮޅު އެންމެ ހެން ދައްކަނީ ޑޮލަރުގެ ވާހަކައެވެ. ޑޮލަރަށް އޮތް ޑިމާންޑް ދަށްކޮށް، ދިވެހި ރުފިޔާގެ ޑިމާންޑް މަތިކުރުމުން މިހާރު ދިމާވެގެން މިއުޅޭ ބޭރުފައިސާގެ ތާށިކަމުގެ މައްސަލަ ޙައްލުވާނެ ކަމަށާއި، އެކަން ކުރަންވެސް ތިބީ ހަމަ ދިވެހީންނެވެ. ވަޒީރުގެ ވާހަކަފުޅަކީ ވަރަށް ޢިލްމީ ވާހަކަފުޅެކެވެ.
ޝިޔާމް ފާހަގަކުރެވެނީ މި ސަރުކާރުގައި ހުރި އެންމެ ހިންގުންތެރި ވަޒީރުގެ ގޮތުގައެވެ. އަދި ސިޔާސީ ކަންކަމުގައި ވެސް ހުދޫދު ހިފަހައްޓަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ބައެއް މީހުން ދެކޭގޮތުގައި މިވަގުތު ޕީއެންސީގައި ހުރި އެންމެ ވަރުގަދަ ސިޔާސީ ލީޑަރުގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު