ށ. ފީވަކުން ތެލުގެ ވިޔަފާރިކުރުމަށް ހޯކްސްއަށް 40 އަހަރަށް ބިމެއް ދީފި.

ށ. ފީވައް | 7 ސެޕްޓެމްބަރ 2026 | ވިޔަފާރި

ފީވަކު ބަނދަރު ސަރަޙައްދުގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ހޯކްސްއަށް 40 އަހަރު ދުވަހުގެ މުއްދަތަށް ބިމެއް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ފީވަކު ބަނދަރުމަތީ ސަރަޙައްދުން ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ކައުންސިލާއެކު އެ ކުންފުނިން ސޮއިކޮށްފައިވަނީ މިއަދުގެ ތާރީޚުގައެވެ.

Advertisement

މިއީ ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށަކުން އަމިއްލަ ވިޔަފާރި ކުންފުންޏަކަށް މިހާ ދިގު މުއްދަތަކަށް ބިމެއް ދޫކުރި ފުރަތަމަ ފަހަރުކަމަށް މަޢުލޫމާތު ލިބެއެވެ.

އެކަށީގެންވާ ދިގު މުއްދަތަކަށް ބިން ދިނުމަކީ އިންވެސްޓްކުރާ ފަރާތްތައް ޝައުޤުވެރިވާނެ ކަމެކެވެ. އަދި އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.