ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޤްތިޞާދީ މުހިންމު ފިޔަވަޅުތަކެއް އިޢުލާން ކުރައްވައިފި އެވެ. އެ ބަދަލުތަކާއެކު މިހާރު ދިވެހީން ތަހައްމަލްކުރަމުން މިދާ ޑޮލަރުގެ ތާށިކަމަށް ވެސް ލުއިތަކެއް ލިބޭނެކަމުގެ އުއްމީދު ބޮޑު ވެއްޖެ އެވެ.
ރައީސް އިޢުލާން ކުރެއްވި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ދައުލަތުގެ ބައެއް ކުންފުނިތަށް ޖޯޑުކޮށްލުން ހިމެނެއެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯ ޖޯޑުކޮށްލުމާއި، އާރުޑީސީއާއި އެމްޓީސީސީ ޖޯޑުކޮށްލުމާއި، އެގްރޯނެޓާއި މިފްކޯ ޖޯޑުކޮށްލުން ހިމެނެއެވެ. މިގޮތަށް ކުންފުނިތައް އެއްކޮށްލުމުން ޚަރަދުތައް ކުޑަވުމުގެ އިތުރުން ހިންގުމުގެ ފެންވަރު ރަނގަޅު ވެގެންދާނެ އެވެ.
މި ބަދަލާއެކު ފެނަކަ އާއި އާރުޑީސީ އުވިގެންދާނެ ކަމަށާއި، އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީއެއްގެ ގޮތުގައި އިތުރަށް ތަރައްޤީ ވެގެންދާނެ އެވެ. އަދި ކުންފުނިތައް ހިންގާނީ ރައިޓް ސައިޒްގައި ކަމަށާއި، އަދިވެސް އިތުރަށް މުވައްޒަފުން މަދުކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު