އަލަށް ގުޅުނު 15،000 މީހުންނާއެކު އެމްޑީޕީގެ މެންބަރުންގެ އަދަދު 55،000 ން މައްޗަށް

މިލައުތުރު | 10 ސެޕްޓެމްބަރ 2026 | ސިޔާސީ

ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެމްޑީޕީއަށް 15،000 އަށްވުރެ ގިނަ މީހުން ވަދެއްޖެކަމަށް ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ޕާޓީން ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބުރޭ ވިދާޅުވީ އެއްވެސް މަޖުބޫރުކަމެއްނެތި ވަންނަ ހިތުން އެމްޑީޕީއަށް 15،000 އަށްވުރެ ގިނަ މެންބަރުން ހަ މަސް ދުވަހުގެ ތެރޭގައި ވަދެފައިވާތީ ޕީއެންސީ އާއި ސަރުކާރުން ވެސް ކަންބޮޑުވެގެން އުޅުއްވި ކަމަށެވެ.

Advertisement

އެމްޑީޕީއަށް ކޮންގްރެސް ބާއްވާނެ ތަނެއްވެސް ނުދޭން އުޅެނީ ގިނަ ބަޔަކު އެތަނަށް ޖަމާވާނެތީ ވެރިކަން ވެއްޓިދާނެތީ ކަމަށާއި، އެކަމާ ބިރުން އުޅުނަސް ވެއްޓެންވީމާ ވެއްޓޭނެ ކަމަށެވެ. އެހެން ނަމަވެސް ކޮންގްރެސް ބާއްވަނީ ވެރިކަން ވައްޓާލަން ނޫން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުން ޖޫން 30، ގެ ނިޔަލަށް އެމްޑީޕީގައި 55،399 މެނެބަރުން އަދި ޕީއެންސީގައި ތިބީ 67،579 މެންބަރުންނެވެ. ޕީއެންސީގެ މެންބަރުންގެ އަދަދު މިހާރު 77،000 ހުން މައްޗަށް އަރުވާފައިވަނީ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބިރުދައްކައިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.