ށ. ފީވަކުން ދުވާލަކު ދެ ފަހަރު ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ފީވަކުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި، ނިމިދިޔަ ސަރުކާރުން ވަނީ 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބަހައްޓައި ޚިދުމަތް ދޭން ފަށާފައެވެ. އަދި މި ސަރުކާރުން ވެސް ހަމަ އެވަރުގެ އިތުރު ޖަނަރޭޓަރެއް އެ ރަށަށް ގެނެސް ބޭނުންކުރަން ފަށާފައިވީ ނަމަވެސް، މުޅި ރަށުން ކަރަންޓު ކެނޑޭ މައްސަލައަށް އަދިވެސް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.
މި މައްސަލައިގެ ސަބަބުން ރައްޔިތުން ބޭނުންކުރާ ހިފާގެންގުޅޭ ކަރަންޓު ސާމާނަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ޝަކުވާ ވަނީ ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު