ފޯކައިދޫ އެމްޑީޕީ އެކްޓިވިސްޓް މޮހޮދޭ ސިޔާސީ މަޤާމަކާއެކު ޕީއެންސީއަށް

މިލައުތުރު | 16 ސެޕްޓެމްބަރ 2026 | ޚަބަރު
5

ށ. ފޯކައިދޫ ޕީއެންސީގެ ހިންގުން ހަރުދަނާކޮށް 2028 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަަކައި، ފޯކައިދޫ އެމްޑީޕީގެ އެކްޓިވިސްޓް މުޙައްމަދު ފާއިޒް (މޮހޮދޭ) އަށް ޔޫތު އެސޯސިއޭޓް ކަމުގެ މަޤާމު ދީފިއެވެ.

މޮހޮދޭއަށް ޔޫތު އެސޯސިއޭޓްކަން ހަމަޖައްސާފައިވަނީ 9 ސެޕްޓެމްބަރު 2026 ގައެވެ. މަޤާމުގެ މުސާރައަކީ 8،000 ރުފިޔާއެވެ. ލިވިންގ އެލަވަންސަކަށް މަހަކު 5،000 ރުފިޔާާއާ އެކު ޖުމްލަ 13،000 ރުފިޔާ ލިބޭނެއެވެ. މަޤާމުގެ އާއްމު ޝަރުޠު ފުރިހަމަނުވާތީ، މަޤާމު ދެއްވާފައިވަނީ ރޭންކް ނުކުރެވޭ މީހެއްގެ ގޮތުގައެވެ.

Advertisement

ކުރިން ރައީސް ޑރ. މުޢިއްޒަށް އެންމެ ފާޑުކީ އެއް ބޭފުޅަކަށްވީ ނަމަވެސް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ތެރެއިން ފެށިގެން ސިއްރިޔާތުގައި ޕީއެންސީއާ ގުޅުން ބާއްވަމުން ގެންދެވިއެވެ. އަދި ފޯކައިދޫ ކައުންސިލް ޕީއެންސީއަށް އަނބުރާލެވޭތޯ ވަރަށް މަސައްކަތް ވެސް ކުރެއްވި އެވެ. އެހެން ނަމަވެސް ފޯކައިދޫ އެމްޑީޕީގެ ބަދަހި ސަފުތައް ގުޑުވައެއް ނުލެވުނެވެ. ނަތީޖާއެއްގެ ގޮތުން ފޯކައިދޫ އިން ޕީއެންސީއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބެއް ނުކުރެވުނެވެ.

ފޯކައިދޫ ޕީއެންސީ އިން މަރުހަބާ ދެންނެވުމާއެކު ބުނެފައިވަނީ އެއީ ޕީއެންސީއަށް 2028 ކާމިޔާބުކޮށްދޭން ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. މޮހޮދޭއަކީ ރައީސް އިބޫގެ ވެރިކަމުގައި ވެސް ޔޫތު އެސޯސިއޭޓް ކަމުގެ މަޤާމުގައި ފޯކައިދޫގެ ޒުވާނުންނަށް ގިނަ ޚިދުމަތްތަކެއް ކޮށްދެެއްވާފައިވާ، އެ މަޤާމު އަދާކުރުމުގެ ތަޖުރިބާ އެންމެ ބޮޑު ފަރާތްކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އެހެންކަމުން މިއީ ފޯކައިދޫގެ ޒުވާނުންނަށް އުފާވެރި ޚަބަރަކަށް ވާނެކަން ޔަޤީނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ސ ސާމިރު
ކަމުނުދަނީ އަހަރުމެންގެ ދަރިންވީމާ
ނ ނަޝާތު
އެންމެން ބޮޑު ފަޅިއަށް
އ އާއްޓޭ
ވަރަށް ބޮޑަށް މަރުހަބާ އެކުވެރިޔާ! ކޭކޭބީކޭ
އ އަންވަރު
މިކަހަލަ ކުޑިހައްކާޅުންގެ ސަބަބުން މުޅި ގައުމު ހަލާކުވަނީ.
އ އަބްދޯ
ޕީއެންސީއަށް ޤުރުބާންވީ މީހުންގެ މޫނުމަތީ ނާދިރުގެ ތަފާލެއް. ދެން އަތްޖަހާ!