ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރުންގެ ތެރޭގައި ނުތަވަސްކަމެއް އުފެދިފައި ވަނިކޮށް ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޕީއެންސީ ކޮންގްރެސްގައި އުޅުއްވަނިކޮށް ފޮޓޯއަކުން ދައްކާލައިފި އެވެ.
އަނގައަކުން ތުނބަކުން ނުބުނެ އުޅުއްވާ ބޭފުޅަކު މިފަހަރުގެ ކޮންގްރެސްގެ ޕޮޓޯއަކުން ވެސް ވީޑިއޯ އަކުން ނުފެންނާތީ ބައެއް އާއްމު މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށް، އެމްޕީ ފޮޓޯއަކުން ދައްކާލައިފި އެވެ. އެހެންކަމުން މިއީ ކޮމަންޑޫ، މަރޮށި، ފޯކައިދޫގެ ޕީއެންސީ މެންބަރުންނަށް އުފާވެރި ޚަބަރަކަށް ވާނެއެވެ.
ތިން ރަށަށް އެއްވަރަށް ވަގުތު ބަހާލައްވައިގެން މަސައްކަތްކުރެއްވުމަށް މަޤްބޫލް ބޭފުޅަކު ޕާޓީގެ މަޖީ މަޖިލީހުން ނުފެނުމަކީ ކުޑަކަމަށް ނުވާނެއެވެ. އެހެން ނަމަވެސް ދާދި ފަހަކުން ކޮންގްރެސް ތެރޭގައި ނަންގަވާފައިވާ ގްރޫޕް ފޮޓޯއެއް ވަނީ ހިއްސާ ކުރައްވާފައެވެ. އަދި ހަމަ އެހެންމެ އެމްޕީ ހުންނެވީ ދެގޮތެއް ނުވެ ޕީއެންސީގައި ހަމަ ގަދަކޮށެވެ.

ކިޔުންތެރިންގެ ހިޔާލު