ޢާއްމު ފަރާތްތަކެއް ގުޅިގެން ށ. ނޫމަރާގައި ތަރައްޤީކުރި “ޒިޔާރަތު ބީޗް” ހުޅުވައިފި.

މިލައުތުރު | 6 އޮކްޓޯބަރ 2026 | ޚަބަރު

ޢާއްމު ފަރާތްތަކެއް ގުޅިގެން އެ ރަށުގެ އިރުމަތީ ފަރާތުގައި ތަރައްޤީކުރި “ޒިޔާރަތު ބީޗު” ރަސްމީކޮށް ހުޅުވައި ރަށު ކައުންސިލާ ޙަވާލުކޮށްފިއެވެ.

Advertisement

ބީޗް ރަސްމީކޮށް ހުޅުވައިދެއްވީ 05 އޮކްޓޫބަރު 2026 ގައި ކައުންސިލް މެމްބަރ އަސްލަމް ޙުސައިން އާއި، ޕްރިންސިޕަލް ސަޖީ ތައިކީލް އާއި، އެޑްމިނިސްޓްރޭޓަރ ހެލްތު ސަރވިސް މޫސާ އިނާސެވެ. ބީޗްގައި ތައްޔާރުކޮށްފައިވާ ބަދިގޭގެ އުނދުނަށް ގިނިލައިދެއްވާ ރަސްމީކޮށް ބަދިގެ ހުޅުވައިދެއްވީ ކައުންސިލްގެ ނައިބު ރައީސާ ޢާސިމާ ޢަލީއެވެ. މީގެ އިތުރުން ބީޗުގައި ތައްޔާރުކޮށްފައިވާ ބާބަކިއު އަށިތައް ރަސްމީކޮށް ހުޅުވައިދެއްވީ އ.ތ.މ ކޮމެޓީގެ ރައީސާ އާއިޝަތު ނަތާސާ އާއި، އ.ތ.މ ނައިބު ރައީސާ އާމިނަތު ތަސްނީމާ އާއި އ.ތ.މ ކޮމެޓީގެ މެމްބަރ އާމިނަތު ޒީނާއެވެ.

މި މަސައްކަތް އެހާ ފުރިހަމައަށް ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވި ފަރާތްތަކަށާއި، މިކަމުގައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ކައުންސިލާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކޮށްފައި ވެއެވެ. ބީޗްގެ ފުރިހަމަ ކޮށްދެއްވުމަށް ނޫމަރާ ކައުންސިލްގެ އިތުރުން ކަނޑިތީމު ދާއިރާގެ ރައްޔިތުންގެ މަޖިލިސްްގެ މެންބަރުގެ އިތުރުން ހެޔޮ އެދޭ އެކިއެކި ފަރާތްތަކުން ދީލަތި އެހީތައް ވެދެއްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.