އެމްޑީޕީ ގައުމީ މަޖިލިސް އިންތިޚާބުގައި ހދ. އަތޮޅަށް އިންތިޚާބުކުރާ 4 މެންބަރުންގެ ތެރެއިން، އަންހެނުންނަށް ޚާއްސަކުރެވިފައިވާ ގޮނޑިއަށް ވާދަކުރައްވާ ޢާއިޝަތު ނަޖްދާ އަލީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި އެވެ.
ސޯޝަލް މީޑިއާގައި ނަޖޫގެ ކެމްޕެއިން ވަނީ ވަރުގަދަ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އަތޮޅުގެ ގިނަ ބައެއްގެ ބޮޑު ސަމާލުކަމެއް އޭނާއަށް ވަނީ ލިބިފައެވެ. ހދ. އަތޮޅުގެ އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ލަފާކުރާގޮތުގައި އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބުގައި އެ އަތޮޅުން އަންހެނުންނަށް ކާއްސަކުރެވިފައިވާ ގޮނޑި ކާމިޔާބުކުރުމުގެ ފުރުޞަތު މިހާރު އެންމެ ބޮޑީ ނަޖޫއަށެވެ. އޭނާއަކީ އެމްޑީޕީގެ ހަރަކާތްތަކުން އަބަދުވެސް ފެންނަ އެންމެން ފަރިތަ މޫނެކެވެ.
މަޤާމަށް ކުރިމަތިލުމުގެ ގޮތުން އެންމެ ފުރަތަމަ ކުރެއްވި ޕޯސްޓުގައި އޭނާ ބުނެފައިވަނީ، ތެދުވެރި އިހުލާސްތެރިކަމާއި އަމާނަތްތެރިކަމާއި އެކު މުޅި ހދ. އަތޮޅު އެންމެހައި ކަނބަލުންގެ އަޑު ގައުމީ މަޖިލީހުގައި އުފުލުމުގައި އަތޮޅުގެ އަންހެނުން ފަހުރުވެރި ކޮށްދޭނަމެވެ.
އަބަދުވެސް ރައްޔިތުންނަށް ފާގަތި ތަނަވަސް ފުރުސަތުތަށް ހޯދައި އެކަށައަޅާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި، ގައުމީ މަޖިލީހުން ފުރުސަތު ދެއްވުމަށް ހދ. އަތޮޅުގެ އެންމެހައި އެމްޑީޕީ އަންހެން މެންބަރުންގެ އަރިހުން އެދިވަޑައިގެންފައި ވެއެވެ. އޭނާގެ ކެންޑިޑޭޓް ނަންބަރަކީ(2) އެވެ. ވޯޓުލުން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު