ބައި-އިލެކްޝަންތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ނުވަ ގޮނޑީގެ ތެރެއިން އަށް ގޮނޑި ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފައި ވާއިރު އިދިކޮޅު އެމްޑީޕީއަށް ސުމެއް ވެސް ކަނޑައިނުލެވުނެވެ. އެހެންކަމުން މިފަހަރު ވެސް އަބްދުއްރަހީމްގެ ސިޔާސީ ހިސާބު ޖެއްސެވުން ރަނުން ރަނަށް ދިމާވެއްޖެއެވެ.
ޖުމްލަ ނުވަ ބައި އިލެކްޝަނެއް މިއަދު ބާއްވަން ނިންމާފައި އޮތެވެ. އެހެން ނަމަވެސް މިއަދު ބާއްވާފައި ވަނީ ހަ ދާއިރާއެއްގެ ބައި އިލެކްޝަން އެވެ. އަނެއް ތިން ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނުޖެހުނީ އިންތިހާބު ބާއްވަން ޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތި ލައްވާފައި ނުވާތީއެވެ.
ކައުންސިލުތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް މިއަދު އޮތް ބައި އިލެކްޝަން ގައިނ ްގްރެސް ޕާޓީން ބޮޑު ކާމިޔާބީއެއް ވަނީ ހޯދާފައެވެ.
މިއަދު އޮތީ ހެންވޭރު ހުޅަނގު ދާއިރާ އާއި، މައްޗަންގޮޅި މެދު ދާއިރާ އާއި، ހުޅުމާލެ ދާއިރާއަށް ކައުންސިލަރުން އިންތިހާބު ކުުރުމާއި، ކުޅުދުއްފުށީ އުތުރު ދާއިރާއަށް ކައުންސިލަރަކު އިންތިހާބު ކުރުމެވެ. މީގެ އިތުރުން ފ. ބިލެތްދޫ ކައުންސިލްގެ ރައީސްގެ އިންތިޚާބާއި ރ. ރަސްމާދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިހާބު ކުރުމަށް ބޭއްވުނު އިންތިޚާބެވެ.
އިންތިޚާބުގެ ނަތީޖާގެ ޚުލާސާ:
- ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް ގޮނޑި %76 ގެ އަޣުލަބިއްޔަތުން ކާމިޔާބުކުރެއްވީ ފާތިމަތު ޝައުފާ ސަލީމް (ޕީއެންސީ) އެވެ.
- މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލް ގޮނޑި %51 ގެ އަޣުލަބިއްޔަތުން ކާމިޔާބުކުރެއްވީ ފާތިމަތު އިޝާން ޢަލީ (ޕީއެންސީ) އެވެ.
- ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑި %80 ގެ ބޮޑު އަޣުލަބިއްޔަތުން ކާމިޔާބުކުރެއްވީ ޢަލީ އައިމަން (ޕީއެންސީ) އެވެ.
- ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލް ގޮނޑި %71 ގެ އަޣުލަބިއްޔަތުން ކާމިޔާބުކުރެއްވީ އިބްރާހީމް އަޙްމަދު (ޕީއެންސީ) އެވެ.
- ބިލެތްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި %52 ގެ އަޣުލަބިއްޔަތުން ކާމިޔާބުކުރެއްވީ ޢަރީޝް އިސްމާޢީލް (ޕީއެންސީ) އެވެ.
ނިމިދިޔަ ބައި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައި ވަނީ 13،112 މީހުންނެވެ. ވޯޓުލާފައި ވަނީ 3،528 މީހުންނެވެ. ވޯޓުލާން ނުނިކުންނަ 9،584 މީހުން ވެއެވެ. އެހެންކަމުން ނިމިދިޔަ ބައި އިންތިޚާބުގައި އެންމެ %27 މީހުންނެވެ. ވޯޓުނުލާ މީހުންގެ ނިސްބަތަކީ %73 އެވެ. އަދި މިއީ މިހާތަނަށް ރާއްޖޭގައި އެންމެ ދަށް ނިސްބަތަކަށް ވޯޓުލާން މީހުން ނިކުތް އިންތިޚާބެވެ.