a stack of one hundred dollar bills tied with a string

މިލައުތުރު

ސަރުކާރުން ހެދި ނެހެދިއެއް ނޭނގި ބޭނުންކުރެވޭ ދައުލަތުގެ ރިޒާވް ބޮޑުކޮށްލައިފި.

ދިވެހިރާއްޖޭގެ ބޭކުރެވޭ ރިޒާވް ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓު މަހު ބޮޑުތަނުން އިތުރުވެެއްޖެ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް ކަމަށްވާ އެމްއެމްއޭގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. ރިޒާވް ހުސްވަނީ ކަމަށް ހީކޮށް ރައްޔިތުންގެ ނޭވާ ހާސްވެފައި ތިއްބާ ސަރުކާރުން ހެދި ނެހެދިއެއް ވެސް ނޭނގި ރިޒާވް ބޮޑުކޮށްލައިފިއެވެ.

މިއަދު އާއްމުކޮށްފައިވާ އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ޖުލައި މަހު 395.4  މިލިއަން ޑޮލަރުގައި ހުރި ޖުމްލަ ރިޒާވް ނިމިދިޔަ އޮގަސްޓް މަހު ވަނީ 444 މިލިއަން ޑޮލަރަށް އުތުރި އަރާފައެވެ. މިއީ 23.6  އިންސައްތައިގެ ކުރިއެރުމެކެވެ. ބޭނުންކުރެވޭ ރިޒާވްގައި ޖުލައި މަހު ހުރީ 44 މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް އޮގަސްޓު މަހުގެ ނިޔަލަށް ޔޫޒަބަލް ރިޒާވް ވަނީ 61.22 މިލިއަން ޑޮލަރަށް އިތުރު ވެފައެވެ.

މިހާރު އެމްއެމްއޭއިން އަންދާޒާކުރަނީ މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވް އާއި ސޮވަރިން ޑިވެލޮޕްމަންޓް ހިމަނަައިގެން ރާއްޖޭގެ ރަސްމީ ރިޒާވް މިއަހަރުގެ ބަޖެޓަށް ލަފާކުރި އަދަދު ކަމަށްވާ 606 މިލިއަން ޑޮލަރަށްވުރެ ވެސް މައްޗަށް ދާނެ ކަމަށެވެ.

© 2023 milauthuru. All rights reserved.