މިލައުތުރު

ރައީސް ޔާމީން މިނިވަންކުރައްވަން ރައީސް މުޢިއްޒު އިޚުލާޞްތެރި މަސައްކަތެއް ނުކުރައްވާ – ރައީސް ޞާލިޙް

ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަން ކުރައްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޚްލާޞްތެރި މަސައްކަތެއް ކުރައްވާފައި އޮތްކަން އެނގެން ނެތްކަމަށާއި، ޙުކުމް ތަންފީޒުކުރެއްވުމަށް ޖަލުބަންދުގައި ހުންނަވަނިކޮށް ގޭބަންދަށް ބަދަލުކުރެއްވީ ވެސް އަމިއްލަފުޅަށް ފެނިވަޑައިގެންކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރެއްވުމުގެ ކްރެޑިޓް ކުރިން ނަންގަވާފައި ވަނީ ރައީސް ޑރ. މުޢިއްޒު ކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނު އެކަމަށް އެެއްވެސް މަސައްކަތެއް ވެސް އަދި ހުށަހެޅުމެއް ވެސް ހުށަހަޅުއްވާފައި ނެތްކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ލައިވް ޕުރޮގްރާމެއްގައި މިއަދު ހެނދުނު ވާހަކަދައްކަވަމުންނެވެ.

ރައީސް ޞާލިޙު ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ގެންދެވިއިރު، ލައިވްކޮށް 1500 މީހުން ހަމަ އެކަނި ފޭސްބުކް ލައިވް މެދުވެރިކޮށް އެ ޕުރޮގްރާމް ބައްލަވަމުން ގެންދެވިއެވެ. ރައީސް އިބޫ ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން 2028 ގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވަފާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައި ވެއެވެ.

© 2023 milauthuru. All rights reserved.