އެމެރިކާގެ އެސްޓްރޮނޯޓު ސުނީތާ ވިލިއަމްސް (59 އަަހަރު) އެނބުރި އައިސް ބިމުގައި ހިނގާނެގޮތް ދަސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފިއެވެ. 9 މަސް ދުވަސްވަންދެން ޖައްވުގައި އުޅެފައި އެނބުރި އައިސް އާންމު ދިރިއުޅުމަށް ރުޖޫޢަވުމަކީ ފަސޭހަކަމެއް ނޫނެވެ.
ސްޕޭސް-x ސްޓާލައިނާއަށް ދިމާވި މައްސަލައަކާ ގުޅިގެން ސުނީތާ ވިލިއަމްސް އާއި ބަޗް ވިލްމޯ އެނބުރި އައުން އެތައް ފަހަރެއްގެ މަތިން ފަސްކުރަންޖެހިފައި ވެއެވެ. މިކަމާ ގުޅިގެން އެމީހުންގެ ސިއްހީ ހާލަތާމެދު ކަންބޮޑުވުންތައް އުފެދި ބައިނަލްއަޤުވާމީ ޖައްވީ އިދާރާއަށް ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.
ތާށިވެފައިތިބި އެސްޓްރޮނޯޓުން ގެނައުމަށް ސްޕޭސް-x ފެލްކަން ދަތުރު ފެށީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އަދި މި އުޅަނދު ޖައްވީ ސްޓޭޝަނާ ގުޅާލެވުނީ މާޗް 16 ގައެވެ. އަދި ސުނީތާ ވިލިއަމްސްގެ ބަދަލުގައި ސްޓޭޝަނަށް ދަތުރުކުރި އެސްޓްރޮނޯޓުންނާ މަސައްކަތްތައް ޙަވާލުކުރުމަށް ފަހު، 19 މާޗް ގައި އެނބުރި އައުމަށް ވަނީ ހަމަޖެހިފައެވެ.
ސުނީތާ ވިލިއަމްސް އެނބުރި އަންނަ އިރު، އޭނާގެ ސިއްހީ ކަންކަން ރަނގަޅުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އަނަރޫފަވެފައިވާ ހަށިގަނޑު ވީހާވެސް އަވަހަކަށް އިޔާދަކުރުމަށް އެހީތެރިކަން ބޭނުންވާނެއެވެ. އަދި ޖައްވުގައި ގުރެވިޓީއާނުލާ އުޅެންޖެހޭތީ ހިނގާކަށް ނުޖެހެއެވެ. މީހުން ތިބެނީ އެއްވެސް ތަނަކު ނުޖެހި އުފުލިފައެވެ. އެހެންކަމުން އެހާ ގިނަ ދުވަސްތަކެއް ނުހިނގާ ހޭދަކޮށްފައިވާތީ، އެމީހުން ޖެހޭނީ ހިނގަން ވެސް އަލުން ދަސްކުރާށެވެ.