މިލައުތުރު

އިންތިޚާބާ ގުޅޭގޮތުން މިހާރުގެ ރައީސް ޑރ. މުޢިއްޒުގެ ވިސްނުންފުޅު ކުރީގެ ރައީސް ނަޝީދުގެ ވިސްނުންފުޅާ އިއްތިފާގު ވެއްޖެ.

ރިޔާސީ އިންތިހާބުތައް ބޭއްވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވިސްނުންފުޅު އެއްގޮތް ވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅު ހާމަކުރެއްވީ އެމަނިކުފާނުގެ ”ވަޓްސްއެޕް“ ގެ ރަސްމީ ޗެނަލްގަ އެވެ. އެ ޗެނަލްގައި ކުރެެއްވި ޕޯސްޓެއް ގައި ރައީސް ވަނީ އެމަނިކުފާނު ވަކާލާތު ކުރައްވަނީ ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމަކަށް ކަަމަށް ވިދާޅުވެފަ އެވެ.

ރައީސް މިހެން ވިދާޅުވުމާއެކު، ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމަކަށް ދާން ސަރުކާރަށް ތާއީދު ކުރާ މީހުން ގެންދަނީ ކެމްޕެއިން ކުރަމުންނެވެ. މި ނިޒާމުގައި ރިޔާސީ އިންތިހާބު ގައި ދެވަނަ ބުރެއް ނޯންނާނެ އެވެ.

މިއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ތާޢީދުކުރައްވާ ވިސްނުންފުޅެއް ކަމަށް އެމަނިކުފާނު ވެސް ވަނީ ފޭސްބުކް މެދުވެރިކުރައްވާ ރައްޔިތުންނަށް ހާމަކޮށްދެއްވާފައެވެ. އެހެން ކަމުން ދެ ރައީސުންގެ ވިސްނުންފުޅު ވެސް މިވަނީ އެއްގޮތް ވެފައެވެ.

One Reply to “އިންތިޚާބާ ގުޅޭގޮތުން މިހާރުގެ ރައީސް ޑރ. މުޢިއްޒުގެ ވިސްނުންފުޅު ކުރީގެ ރައީސް ނަޝީދުގެ ވިސްނުންފުޅާ އިއްތިފާގު ވެއްޖެ.”

  1. ފާތު

    ބަރާބަރު

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި