ދިވެހި ޒުވާނުން ކުރާ ބައެއް ޑިމާންޑުތައް:
- ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދެއްވުން.
- ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން އިސްތިއުފާ ދެއްވުން.
- މިކަމުގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކޮށް، ތަޙުޤީޤު ނިންމާ ދައުވާކުރުން.
- މި މައްސަލައިގައި ދެއްކެވި ވާހަކަފުޅުތަކަށް ރައީސުލްޖުމްހޫރިއްޔާ މައާފަށް އެދިވަޑައިގަތުން.
- މި ހާދިސާއާ ބެހޭ ގޮތުން އޮޅުވާލި އޮޅުވާލުންތަކަށް ފުލުހުން މައާފަށް އެދުން.
- މި މައްސަލައިގެ ތަޙުޤީޤަކީ ދެފުށް ފެންނަ އިންސާފުވެރި ތަޙުޤީޤަކަށް ހެދުން.
- ފުލުހުންގެ ޚިދުމަތުން ދެއްކި ސީސީޓީވީ ފުޓޭޖުތަކުގައި ހުރި ހަމަނުޖެހޭ ކަންކަން އޮޅުންފިލުވައިދިނުން.
- މި މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންނަށް ލިބިފައި ހުރި ހެކިތައް އާންމުކުރުން.
ޒުވާނުންކުރާ ޑިމާންޑުތަކުގައި ހިމެނޭ ޕޮލިސް ކޮމިޝަނަރު އިސްތިއުފާދިނުން މިހާރު ވަނީ ޙާޞިލުވެފައެވެ. އަދި މިނިވަން ތަޙުޤީޤެއް ކަށަވަރު ކުރެއްވުމަށް ރިޔާސީ ކޮމިޝަނެއް ވެސް ވަނީ އުފައްދަވާފައެވެ.