މިލައުތުރު

އެމްޑީޕީ އޮތީ ގަދަކޮށް: ރަންރީނދޫ ކެމްޕެއިން ހުއްޓައިނުލާ ކުރިއަށް ގެންދަން އެޕާޓީން ނިންމައިފި.

އެމްޑީޕީ އަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ޚާއްސަ ހަރަކާތަށް ގިނަ ބަޔަކު ނިކުމެ އެޕާޓީގައި އޮތް ބަދަހިކަން ދައްކާލައިފި އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ލީޑަރޝިޕްގެ ބޭފުޅުން ރީނދޫ ޓީޝާޓުގައި ނިކުމެ ބުނެދިނީ އަދިވެސް ހަމަ އެމްޑީޕީ ވަރެއް ނެތް ކަމަށެވެ. ސިޔާސީ ހަރަކާތް ހިންގުމުގައި އެމްޑީޕީ އަކީ އަދިވެސް ރާއްޖޭގެ ނަންބަރު އެކެއް ކަމީ އެއްވެސް މީހަކު ދެބަސް ވާނެ ކަމެއް ނޫނެވެ.

އެތެރޭގެ ބައިބައިވުންތައް ބޮޑުވެ އެމްޑީޕީގެ އަސްލު ގެއްލިއްޖެ ކަމަށް ސަރުކާރު ހިންގާ ޕާޓީން ކުރާ ތުހުމަތުތަކުގައި އެއްވެސް ބުރަދަނެއް ޙަޤީޤަތެއް ނެތްކަން މިއަދު ހާމަވެއްޖެ އެވެ. އަދި މި ހަރަކާތް ހުއްޓުމެއް ނެތި އަންނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ހަމައަށް ދިގު ދެމިގެންދާނެ ކަމަށް އެޕާޓީން މަޢުލޫމާތު ދެއެވެ.

ބައެއް މީހުން ބުނާގޮތުގައި އެމްޑީޕީގެ އަސްލު ސިފައިގާ މިގޮތަށް އިދިކޮޅު ހަރަކާތްތައް ވަރުގަދަ ކުރާނަމައީ، މި ސަރުކާރަަށް ގޮންޖެހުންތައް ބޮޑުވެ ތަހައްމަލު ކުރަން ވެސް ދަތިވެދާނެ ކަމަށެވެ.