އަދުރޭ ވެސް އިސްލާހު ވެއްޖެ: ނަޞޭޙަތްތެރިވީ ހަޑިހުތުރު ބަސްތައް ބޭނުންކުރުމާ ދުރުހެލިވުމަށް

މިލައުތުރު | 15 ސެޕްޓެމްބަރ 2025 | ރިޕޯޓު

ޑިމޮކްރަސީއަކީ ހިތުހުރި އެއްޗެހި ގޮވައި، ލިޔުން ނޫން ކަމަށް، ހަޑިހުތުރު ބަސްތަކާއި އަވަގުރާނަތައް ގޮވުމަށް ކުރިން ނަން މަޝްހޫރު އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

ދައުރުން ބޭރުން ބޭއްވި މިއަދު މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން، ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން އަދުރޭ ވިދާޅުވީ, ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް މެންބަރުންގެ ދައުރު ފުރިހަމައަށް އަދާކުރައްވާނެކަން ޔަގީންކުރައްވާ ކަމަށާއި، ޑިމޮކްރަސީގައި ފަހަތައް ފިޔަވަޅެއް ނާޅުއްވާނެ ކަަމަށެވެ.

Advertisement

އަދުރޭ އިތުރަށް ވިދާޅުވީ، ޚިޔާލު ތަފާތުވިޔަސް ގައުމީ ކަންކަމުގައި ގައުމުގެ މަސްލަހަތު އިސްކުރެއްވުމީ ޑިމޮކްރަސީގައި ރާއްޖެ ކުރަމުން މިދާ ދަތުރު ކާމިޔާބު ދަތުރަކަށް ހެދުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ޚިޔާލު ތަފާތުވުމަކީ ވެސް ކަންކަން ކާމިޔާބުވުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.