ކުރިން އަވަގުރާނަ ވެސް ގޮވޭ، ދެނެއް ނުގޮވޭނެ – މީޑިއާ ފޯރަމްގެ ބައިވެރިން

މިލައުތުރު | 16 ސެޕްޓެމްބަރ 2025 | ޚަބަރު

މީޑިއާތައް ރެގިއުލޭޓް ކުރުމާބެހޭ ގޮތުން ފާސްކުރުމަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ސަރުކާރުން ދެކޭ ގޮތް ބަޔާންކޮށްދެއްވުމަށްޓަކައި ރޭގައި ބޭއްވި ނޫސްވެރިންގެ ފޯރަމްގައި ބައިވެރިވި ބައެއް އެކްޓިވިސްޓުން ބުނިގޮތުގައި ކުރިން އަވަގުރާނަ ވެސް ގޮވާ ކަމަށާއި، ދެން އެކަމަށް ފުރުސަތު ނުލިބޭނެ ކަމަށެވެ.

ރޭގެ ފޯރަމްގައި ދައުލަތުގެ ވަޒީރުންނާއި، ސިޔާސީ ވަޒީފާތައް އަދާކުރައްވާ ގިނަ ބަޔެއްގެ އިތުރުން ޕީއެންސީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ބައިވެރިވިއެވެ. އަދި މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލް ވަގުތުން ފާސްކުރުމަށް ގޮވާލާފައި ވެއެވެ. އެގޮތުން މިނިސްޓަރ އަސްވާޑް ވިދާޅުވީ، އެމަނިކުފާނުގެ ވަޒީރުކަމުގައި މިބިލް ހުށަހެޅުނީތީ އެކަމާ ފަޚުރުވެރިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަށް ޝުކުރު ދަންނަވާ ކަަމަށެވެ. ސޯޝަލް މީޑިއާގައި އެންމެ ހަޑިހުތުރު ބަހުން ވާހަކަދައްކާ ސަމިއްޔާމެން ފަދަ ފަރާތްތަކުން ބިލުގެ ދިފާއުގައި ރޭގެ ފޯރަމްގައި ވާހަކަދެއްކެވި އެވެ.

Advertisement

މިހާރު ހިނގަމުން މިދާ ކަންކަމުގައި ދެން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މީޑިއާތަކުގެ މިނިވަންކަން ކޮންޓްރޯލް ކުރުމުގެ ބިލް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކުރީ ދުނިޔޭގެ ޑިމޮކްރަސީގެ ދުވަހުގައެވެ. މިއީ ޒަމާނީ ޑިމޮކްރަސީއާ ދެކޮޅަށް ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ޖަރީމާކަމުގައި ބައެއް މީހުން ތުހުމަތު ކުރެއެވެ. އަދި މިއީ ޚުދުމުޚުތާރު ވެރިކަމެއް ފައްކާކުރުމަށާއި، ސަރުކާރުގެ ވެރިންގެ ކޮރަޕްޝަންތައް ފޮރުވުމަށްޓަކައި މީޑިއާތަކުގެ އަޑު ކަނޑުވާލުމުގެ މަޤްޞަދުގައި ކުރާކަމެއް ކަމަށެވެ.

ލަފާކުރެވޭ ގޮތުގައި މިއަދުގެ ވަގުތެއްގައި މި ބިލް މަޖިލީހުން ފާސްކުރާނެ އެވެ. އަދި ޖެހިގެން އަންނަ ދުވަހު އަމަލުކުރަން ފަށާނެ އެވެ. އެހެނީ މިކަން ކުރިއަށް ގެންދަނީ އެހާވެސް އަަވަސް އަރުވާލާފައެވެ.

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.