ދެ ޙަރަމްފުޅު ގާއިމުވެފައިވާ ސައުދީއަށް ޙަމަލާދޭ ބަޔަކާ ދެކޮޅަށް ޕާކިސްތާނުން ދޭނީ ފަނާކުރުވަނިވި ރައްދެއް– ޕާކިސްތާން

މިލައުތުރު | 19 ސެޕްޓެމްބަރ 2025 | ރިޕޯޓު
1

މާތްވެގެންވާ ދެ ޙަރަމްފުޅު ގާއިމުވެފައިވާ ސައުދީ އަރަބިޔާއަށް ޙަމަލާއެއް ދީފި ބަޔަކާ ދެކޮޅަށް ނިއުކްލިއަ ޙަމަލާއެއް ދޭންވެސް ފަހަށް ނުޖެހޭނެ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފައިވާ ކަމަށް ބައެއް މަސްދަރުތަކުގައި ރިޕޯޓް ކޮށްފިއެވެ.

ސައުދީ އާއި ޕާކިސްތާނާ ދެމެދު ސޮއި ކުރެވިފައިވާ ދިފާއީ އެއްބަސްވުމުގައިވާ ގޮތުން އެއް ގައުމަށް ދޭ ހަމަލާ އަކީ އަނެއް ގައުމަށް ވެސް ދޭ ހަމަލާއެއްގެ ގޮތުގައި ބަލަން ކަނޑައަޅާފައިވެއެވެ.

Advertisement

ޕާކިސްތާނަކީ ނިއުކްލިއާ ގާބިލްކަން ލިިބިފައިވާ ހަމަ އެކަނި މުސްލިމް ގައުމެވެ. ޕާކިސްތާނާ އެކު ސައޫދީން މި އެއްބަސްވުން ގާއިމުކުރީ ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް އިޒްރޭލުން ސައޫދީގެ އަވަށްޓެރި ގަތަރަށް ހަމަލާދިނުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފެވެ. އަދި މި އެއްބަސްވުމަކީ ބޮޑު ކާމިޔާބެއްގެ ގޮތުގައި ދެ ގައުމުން ވެސް ފާހަގަ ކުރެއެވެ.

ބައެއް މީހުން ތަރުޖަމާކުރާ ގޮތުގައި ސައުދީ ސަރުކާރަށް މިހާރު އެމެރިކާއަށް އެއްވެސް އިތުބާރެއް ނެތެވެ. އެހެނީ އެމެރިކާގެ އެއް އަތްކަމަށްވާ އިޒްރޭލުން ގަތަރަށް ހަމަލާ ދީފައިވަނީ ސީދާ އެމެރިކާގެ ވެސް ރުހުމާއެކުގައެވެ. އެހެންކަމުން އެމެރިކާއަކީ އެއްވެސް ޙާލެއްގައި މުސްލިމުންނަށް ހެޔޮ އެދޭނެ ބައެއް ނޫންކަން ކަށަވަރުވީ ކަމަށެވެ. — އޭއެފްޕީ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޢ ޢަލީ އާދަމް
ހުޅަގުގެ ޑިމޮކްރަސީ : ހުޅަގުގެ ޑިމޮކްރަސީ ގައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުޞޫލުތައް ހަދާފައިވަނީ ، ﷲ ގެ ވަޙީ ބަސްފުޅު ކީރިތި ޤުރުއާނާއި ރަސޫލާގެ ރިސާލަތު ބުއްދިއަށް ފޯރާފައި ނުވާ މީހުން ގެ ދިރިއުޅުމުގެ އާދަކާދަ ތަކާއި ދިރިއުޅުމުގެ ވައްޓަފާޅީގެ މައްޗަ ރިޢާޔަތްކޮށެވެ. އެހެންކަމުން އެއް ޖިންސުން ގުޅުން ހިންގުން ނެތްނަމަ އަދި ޔަހޫދީންނާއި ނަޞާރާއިން ބޭނުންވާހާ ކަމެއް ބޭނުންވާހާ ގޮތަކަށް އިސްލާމީ އެއްވެސް ޤައުމެއްގައި ނުކުރެވޭނަމަ ކިތަމެ އިންޞާފުވެރި ނިޒާމަކުން ވެރިކަން ކުރި ނަމަވެސް ޑިމޮރަސީ އޮތް ޤައުމެއްކަމަކަށް ނުވެދާނެއެވެ، ކަންހިނގާ ގޮތަކީ ވެސް އެއީއެވެ. އެންމެ ބޮޑެތި ޑިމޮކްރެޓިކް މުޖުތަމަޢުތައް ގޮތުގައި މަޝްހޫރުވެ އިޝްތިހާރުވެފައިވާ އިނގިރޭސިވިލާތާއި އެމެރިކާ އާއި އިޒްރޭލާއި ، ޖަރުމަނާއި ، އިޓަލީ އާއި ފްރާންސް ، އާއި މިނޫނަސް ހުޅަގުގެ ގިނަ ޤައުމުތަކުގައި އޮތް ޑިމޮކްރަސީ އަކީ އަޞްލު އެއްޗަކަށް ވުރެ ބޮޑަށް މުސްލިމު މުޖުތަމަޢުތަކަށް ފޭކު އެއްޗެކެވެ، އެހެން ނަމަވެސް ހަމައެކަނި ދުނިޔެ ބޭނުންވާ ބަޔަކަށް ޚަރާމެއް ހަލާލެއް ނުބަލައި އުޅޭ ބަޔަކަށް އަޞްލަކަށް ވެދާނެއެވެ. ފަލަސްޠީން ގެ މައްސަލާގައި އިސްވެ ބުނެވުނު ޤައުމުތަކުން ގެންގުޅޭ ދެފުށްކެހެރި ސިޔާސަތުތަކާއި ގުޅިގެން ހުޅަގުގެ ޑިމޮކްރަސީ އަކީ ބޭރުފުށުން ފެންނަ ދަޅަތަކަށް ވުރެ ހީލަތްތެރިކަމާއި އަމިއްލައެދުން ބޮޑު ޙަޤީޤަތްތަކާއި ޚިލާފު ފޭކު އެއްޗެއްކަން އެނގި ހުޅަގުގެ ޑިމޮކްރަސީ މިހާރު ވަނީ ދުނިޔެއަށް ފަޟީޙަތްވެފައެވެ، އެހެން ކަމުން ރާއްޖޭގައި އޮތްވަރުގެ ޑިމޮރަސީ އެއް އޮތް ޤައުމެއް ވެސް މިހާރު ދުނިޔޭގައި މަދެވެ . ދުނިޔޭގައި މިވަގުތު އޮތީ ޖަންގަލީގެ ޤާނޫނެވެ. ބިރުންތިބޭ ބަޔަކަށް އޮތީ މަރެވެ، ޑިމޮކްރަސީގެ މެޑެލް ތަކާއި ބޮޑެތި ޝިޢާރުތައް ގެންގުޅޭ ހުޅަގުގެ އިސްތިޢުމާރީ ބާރުތަކުން މުސްލިމުންގެ ޙައްޤުތަކާއި މުސްލިމުންގެ ބިންތަކާއި މުދާތައް އަތުލައި މުސްލިމުން ބައިބައި ކޮށް މުސްލިމު ޤައުމުތައް އަޅުވެތި ކުރި ގޮތުގެ މައްޗަށް ތާރީޚީ ނަޒަރަކުން ބަލާއިރު ސިއްރާއި ފާޅުގައި ވެސް އޮތީ އަނިޔާވެރިކަމެވެ. ގަދަބާރުން ކަންކަން ނިންމުމުގެ ތާރީޚެކެވެ. މުސްލިމުން ދަންނަންޖެހޭ ޙަޤީޤަތަކީ ، މުސްލިމުންގެ ޙައްޤުތަކާއި މުސްލިމުން ނޫން މީހުންގެ ޙައްޤުތައް ވެސް ރައްކާތެރިކޮށްދޭނެ ފުރިހަމަ ޑިމޮކްރަސީ އެއް އޮތީ ކީރިތި ޤުރުއާނާއި ރަސޫލާ محمد صلّى اللَّه عليه وسلّم ގެ ރިސާލަތުގައިކަމެވެ. ހުޅަގުގެ ޑިމޮކްރަސީގައި އޮތީ މުސްލިމުން ބައިބައިކޮށް ބަލިކަށި ކުރުވުމެވެ. ހުޅަގުގެ ޑިމޮކްރަސީ ދޫކޮށް ދީނުގައި ސާބިތުވެތިބެ އިސްލާމް ދީނުގައި އޮތް ޑިމޮކްރަސީ މުސްލިމުން ގެ މެދުގައި އާލާވެއްޖެ ނަމަ ﷲގެ ވަޙީ އާއި ރަސޫލާގެ ރިސާލަތު ބުއްދިއަށް ފޯރާފައި ނުވާ ފަރާތްތަކުގެ ކިބާގައި ހުރި ނުބައި އާދަތައް އިސްލާމީ ޤައުމުތަކުގައި ޕްރޮމޯޓުކުރުމަށް އެފަދަ ފަރާތްތަކުން ކުރާ މަސައްކަތްތައް ކާމިޔާބު ނުވާނެކަން އެބައި މީހުން ރަނގަޅަށް ދަނެއެވެ. ރާއްޖެ އަށް ވެސް ޖެހިގެން އުޅޭ އެންމެ ބޮޑު ބައްޔަކީ ހުޅަގުގެ ޑިމޮކްރަސީ އަށް ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ސެކިއުލަރ ފިކުރުގެ ބަޔަކު ހިތާވުމެވެ، ނުވަތަ ހިތްކިޔުމެވެ،