ފަލަސްޠީނުގެ މައްސަލައިގާ އދ ގެ ސަލާމަތީ މަޖިލީހުގައި ވޯޓަށް އެހުމަކީ ބޭކާރު ކަމެއް – ކޮލަމްބިއާގެ ރައީސް

މިލައުތުރު | 25 ސެޕްޓެމްބަރ 2025 | ރިޕޯޓު

ފަލަސްޠީނުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އދ ގެ ސަލާމަތީ މަޖިލީހުގައި ވޯޓަށް އެހުމަކީ ފޫނެއްފަޔަށް ފެންފުރުން ކަމަށާއި، އެނޫން ގޮތެއް ހޯދުން މުހިންމު ކަމަށް ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވެއްޖެ އެވެ.

ރައީސް ގުސްޓާވޯ ވިދާޅުވީ ސަލާމަތީ މަޖިލީހުގައި ވޯޓަކަށް އަހައިފިނަމަ އެމެރިކާއިން ވީޓޯކުރާނެ ކަމަށާއި، ޤަރާރުތައް ހުށަހަޅައިގެން ވާހަކަދައްކަން ތިބެވިއްޖެ ކަމަށާއި، މިހާރު ދެން ކުރަންވީ ކަމަކީ އާންމު މަޖިލީހުގައި ގިނަ ޤައުމުތަކެއް އެއްބަސްކިޔާފައި ފަލަސްޠީނުގެ ސަލާމަތީ ކަންކަން ބެހެލެއްޓުމަށް ފައުޖެއް ފޮނުވުން ކަމަށެވެ.

Advertisement

ގުސްޓާވޯ އިތުރަށް ވިދާޅުވީ އިޒްރޭލްގެ އަނިޔާވެރިކަން ވަނީ އިންސާނީ މިންގަނޑުން ވެސް ބޭރުވެފައިކަމަށާއި، އިތުރަށް ފުރުސަތު ދީފިނަމަ ފަލަސްޠީނުގެ ނަސްލު ނައްތާލާ ނިންމާލާނެ ކަމަށާއި، އެމީހުން ބޭނުންވަނީ ބިންކޮޅު ކަމަށެވެ. އަދި އެކަމަށް ވާގިވެރިވަނީ އެމެރިކާއިން ކަމަށެވެ.

އަރަބި މުސްލިމް ޤައުމުތަކުން އެމެރިކާ ދެކެ ބިރުގަތުން ނިމުމަކަށް ގެންނަން ވެއްޖެ ކަމަށާއި، އިންސާފާއި ހަމަހަމަ ކަމާއި، އިންސާނީ ކަރާމާތަށް އެންމެން ވެސް ޤަދަރުކުރަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.