ސިޔާސީ ޕާޓީއަކަަށްނުވަދެ ހަމަަ ވަޒީފާއެއް ލިބެންނެތީ ހެއްޔެވެ؟

އައިމިނަތު ރައުދާ | 5 ނޮވެމްބަރ 2025 | އެހެނިހެން

ސިޔާސީ ޕާޓީއަކަށްނުވަދެ ހަމަ ވަޒީފާއެއް ލިބެން ނެތީ ހެއްޔެވެ.؟  މިސުވާލަކީ ހަމަ ޔަގީނުންވެސް ތިޔަ ކޮންމެބޭފުޅެއްވެސް ހިތަށްއަރާނެ ސުވާލެއްކަމާއިމެދު  އެއްވެސް ޝައްކެތްނެތެވެ.

މިހާރުގެ ހާލަތާއި މެދު ވިސްނާލަމާތޯއެވެ. އިންތިހާބާއި ގާތްކޮށް، އިއުލާންކޮށްލުމެއް ނެތި ވަޒީފާއަށް ނަގަނީ ކިތައް މީހުން ހެއްޔެވެ. ނަގާ ގިނަ މީހުންނަކީ އެކަމަށް ގާބިލް މީހުންތޯވެސް ބަލައިލުމެއްނެތެވެ. ވޯޓު ދޭނެ ކަމަށް ބުނެލުމާއިއެކު ދެނީ ވަޒީފާއެވެ. ބަހަނީއެވެ. އަމިއްލަ ހަރުމުދާވެސް ނުބަހާނެކަން ޔަގީނެވެ.

Advertisement

އަންނަން އޮތް ޖީލަށް މިދައްކުވައިދެނީ ކޮންކަހަލަ ނަމޫނާއެއް ހެއްޔެވެ. ކިޔަވައިގެން ލިބޭ ވަޒީފާއަށްވުރެ ސިޔާސީގޮތުން ދޭ ވަޒީފާތަކުގެ މުސާރަ މާ ބޮޑެވެ. ކުރާ މަސައްކަތެއް ނެތަސް މަހު މުސާރަ ބަރާބަރަށް ލިބެއެވެ. ގިނަމީހުންނަކީ އަސާސީ ތައުލީމް ހާސިލްކޮށްފައި ތިބި މީހުނެނެވެ. މިއީ ކޮންކަހަލަ އިންސާފެއްހެއްޔެވެ. ޑިގްރީއެއް ހާސިލް ކޮށްގެން ހުންނަ މީހާއަށްވުރެން ސިޔާސީ ގޮތުން ވަޒީފާ ލިބިގެން ހުންނަ މީހާގެ މުސާރަ ބޮޑުވީމައި މި ޖެހެނީ ކޮންތާކުހެއްޔެވެ. އެ ޑިގްރީ ހާސިލް ކުރަން ކުރިހާ މަސައްކަތާއި، ވީ ހާ ގުރުބާނީގެ އަގެއްނެތެވެ.

މިކަމަށް ހުއްޓުމެއް ހަމަ ނެތީ ހެއްޔެވެ. ؟

 

 

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.