އަގުވަޒަންކުރުން ވަނީ މި ފަދައިންނެވެ. – އަޝްރަފް ޢަލީ

މިލައުތުރު | 13 ނޮވެމްބަރ 2025 | އެހެނިހެން

ތާޒާ ފެންފުޅިއެކެވެ.

ކަންމަތީ ފިހާރައިން ލިބެނީ 3 ރުފިޔާއަށެވެ.

Advertisement

ކެފޭއިން ލިބެނީ 5 ރުފިޔާއަށެވެ!

ރެސްޓޯރެންޓުން ލިބެނީ 15 ރުފިޔާއަށެވެ!

އެއަރޕޯޓުން ލިބެނީ 25 ރުފިޔާއަށެވެ!

ހަމަ އެއް ފުޅިއެކެވެ!

ބަންދުކޮށްފައި ވަނީ ހަމަ އެއް ގޮތަކަށެވެ!

އެއް ކުންފުންޏަކުން އެއް ޕްލާސްޓިކެއްގައެވެ!

ތަފާތަކީ ފުޅި ގަންނަން ލިބެން ހުރި ތަނެވެ!

ވީމާ، ވަކި ތަނެއްގައި ތިމާ އުޅުމުން ތިމާގެ އަގުވަޒަން ނުވެވޭހެން ހީވާ ނަމަ ތަން ބަދަލުކޮށްލާށެވެ!

ތިމާ ގާއިމުވެ ގަރާރުވާން ވާނީ ތިމާގެ އަގު ވަޒަން ކުރަން ދަންނަ ތަނެއްގައެވެ! މަކާނެއްގައެވެ! މަގާމެއްގައެވެ!

ނޯޓް: މިއީ އަޝްރަފް ޢަލީގެ ވަރަށް އިބުރަތްތެރި އަދި ޙަޤީޤީ ވާހަކަތަކެއްގެ މައްޗަށް އެކުލެވޭ ޅެމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.