ވެރިކަންކުރާ ޕާޓީ ޕީއެންސީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާއަށް ދިޔަ ބައެއް މީހުންނަށް އެއްވެސް ޖާގައެއް ނުލިބި ގެއަށް ދާން ޖެހިއްޖެ އެވެ.
ރަށް ރަށުން އައި މީހުން ވަނީ މުޅި ބީޗު ސަރަހައްދާއި، ބޮޑުތަކުރުފާނު މަގާއި، ކުރިމަތިން އޮންނަ މަޖީދީމަގުގައި ވެސް ކޮޅާ ކޮޅު ނުފެންނަ ފަށުގައި ވެސް މީހުންވަނީ ތޮއްޖެހިފައެވެ.
ޖަލްސާއަށް ގޮސް ޖާގަ ނުލިބިގެން އަނބުރާލާފައި ދިޔަ ބައެއް މީހުންނާ މި ނޫހުގެ ފަރާތުން ސުވާލުކުރުމުން ބުނީ އެހާ ދުރުގައި ތިބެގެން ޖަލްސާ ބެލުމަށް ވުރެ، ގޭގައި ޓީވީ ދޮށުގައި ތިބެގެން މާ ރީއްޗަށް ފެންނާނެ ކަމަށެވެ.
މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ބަޔަކު ބައިވެރިވި ޖަލްސާއެވެ. ޕީއެންސީން މިވަނީ ރެކޯޑު ހަދާފައެވެ. އަދި ޕީއެންސީ ސަޕޯޓަރުން ތިބީ ވަރަށް އުފަލުންނެވެ. އެހެނީ މިއީ ޚުދު އެމީހުން ވެސް އުންމީދު ކުރިގޮތާ މުޅިން ޚިލާފު ނަތީޖާއެކެވެ.
ކިޔުންތެރިންގެ ހިޔާލު