
ށ. ފޯކައިދޫ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރި ވޮލީބޯޅަ ކޯޓު އިއްޔެ ހަވީރު ރަސްމީކޮށް ހުޅުވައިފި އެވެ.
މި ވޮލީ ކޯޓު ހުޅުވައިދެއްވީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އެވެ. ށ. ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް ވިދާޅުވީ، މިއީ ވޮލީބޯޅަ ކުޅުމަށް ޝައުޤުވެރިވާ ޒުވާނުންގެ ފަރާތުން ކައުންސިލްގައި އެދެމުން ގެންދިޔަ ވަރަށް ބޮޑު އެދުމެއް ކަމަށާއި، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލެވުނީތީ އުފާކުރައްވާ ކަމަށެވެ.
އާސިފް އިތުރަށް ވިދާޅުވީ، މި މަސައްކަތަކީ ސައްތައިން ސައްތަ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދަވާ މަޝްރޫއެއް ކަަމަށާއި، ކޯޓުގެ ބޭސް ހެޅުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްފައިވަނީ ކައުންސިލްގެ މުނިސިޕަލް ޓީމުން ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި ފެންސް ޖެހުމާއި، އިތުރަށް ތަރައްްޤީ ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަމެއް ނިންމާލެވޭނެ ކަމަށެވެ.

ށ. ފޯކައިދޫގައި އޮތް އެމްޑީޕީ ކައުންސިލް ފާހަގަކުރެވެނީ ރަށުގެ ތަރައްޤީއަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ވަރަށް ހިންގުންތެރި ކައުންސިލެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލު